އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ގެ އިތުބާރު ނެތްކަމުގެ ޕެޓިޝަނެއްގައި ފޭދޫގެ ރައްޔިތުން ސޮއިކުރަން ފަށައިފި އެވެ.
ފޭދޫން ވާހަކަދެއްކި މީހަކު ބުނީ އައިބީ އަންނަނީ އެ ރަށުގެ ތަރައްގީއަށް ހުރަސްއަޅަމުން ކަމަށެވެ. އަދި ފޭދޫގައި ވަކި ކައުންސިލެއް ހަދަން އުޅުއްވީ ވެސް އޭނާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އޭނާ ބުނީ އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ފޭދޫގައި ވަކި ކައުންސިލެއް ހެދުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި އައިބީ އާއި އޭނާގެ ދަރިކަލުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވެސް ވަނީ ވަކި ކައުންސިލެއް އުފެއްދުމަށް ގޮވާލައި ކެމްޕޭނެއް ހިންގަވާފަ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ފޭދޫގައި ވަކި ކައުންސިލެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފަ އެވެ.
ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް ބޮލީވުޑް ފިލްމެއް!
