މާލޭގެ އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އަނިޔާވި ދިވެއްސެއްގެ ހާލު ވެސް ސީރިއަސްވެއްޖެ އެވެ.
ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު 3:44 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ހަ މީހަކަށް އަނިޔާގެ އައިޖީއެމްއެޗަށް ގެންދިޔައެވެ. އޭގެތެރެއިން ހާލު ސީރިއަސްވި އެކަކު ވަނީ މަރުވެފަ އެވެ.
ހާލު ސީރިއަސްވެ ފަރުވާދެމުން ދަނިކޮށް މަރުވީ ބަންގްލަދޭޝްގެ، މަސްއޫދު ހޮސައިން،32،އެވެ.
އެ ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ހަ މީހުންގެތެރޭގައި ހިމެނެނީ ދެ ބިދޭސީންނައި ހަތަރު ދިވެހީންނެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި އުމުރުން 25 އަހަރުގެ ދިވެއްސެއްގެ ހާލު ވެސް ސީރިއަސްވެފައިވާ ކަމަށެވެ. އޭނާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުމުގެ ދެ ހާދިސާއެއްގައި މި އަހަރު ވަނީ ބައެއް މީހުން މަރުވެފަ އެވެ.
ޔަހޫދީންގެ ހަމަލާތަކުގައި އީރާނުގެ 210 ކުޑަކުދިން މަރުވެފައިވޭ
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ އެއްވެސް ތަނެއް ބޭނުން ނުކުރެވޭނެ
