މާލެ ސަރަހައްދުން ހިލޭ ގޯތި ދީފައި ފްލެޓްތަކަށް ކުލިދައްކަންޖެހުން ހަމަނުޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއް ބަޔަކަށް ލިބުނީ ހިޔާ ޓަވަރުން 500 އަކަފޫޓުގެ ފްލެޓެއް ކަމަށާއި އެ ފްލެޓަށް ކުލި ދައްކަންޖެހޭ ކަމަށެވެ. އަދި އަނެއް ބަޔަކަށް 1200 އަކަފޫޓުގެ ގޯއްޗެއް ހިލޭ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިވަރުން ކިހިނެތް ކުލި ދައްކާނީ،" ހުސައިން ޝަރީފް ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދީފައިވާތީ އިނގުރާއިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަލާހު ވެސް ވަނީ ކަންބޮޑުވުންފާޅުކުރައްވައި މަޖިލީހުގައި ވާހަކަދައްކަވާފަ އެވެ. ފަލާހު ވިދާޅުވީ އެ ގޯތިތައް އަތުލަންޖެހޭ ކަމަށް އަމިއްލަ ހައިސިއްޔަތުން ދެކޭ ކަމަށެވެ.
އެކަމާ ގުޅިގެން މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ވިދާޅުވީ ފަލާހު އެހެން ވިދާޅުވުމުން އެ ދާއިރާގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޭނާއާ ހިއްސާކޮށްފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ އަތޮޅުތަކުގެ ރަށްތަށް ވެސް ހިއްކަނީ މުޅި ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިން ކަމަށެވެ. އެހެންކަމުން އަތޮޅުތަކުގެ ރައްޔިތުންނަށް އެ މީހެއްގެ ރަށުން ހިލޭ ގޯތި ލިބޭއިރު، މާލޭގެ ރައްޔިތުންނަށް ވެސް މާލެއިން ހިލޭ ގޯތި ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންގެ އިތުރުން މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އަތޮޅުތެރޭގެ ރައްޔިތުންނަށް ވެސް މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ. ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގައި އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ގިނަ ބަޔަކު ފޯމު ވެސް ހުށަހެޅި އެވެ.
އެކަމަކު މި ސަރުކާރު އައިފަހުން އެ ފޯމްތައް އިވެލުއޭޓްކޮށްފައެއްނުވެ އެވެ.
ކަސްޓަމްސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރުން ވަކިކޮށްފި
ބީޓީއެސް އިންޑިއާއަށް އަންނަނީ!
ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި

ރަށަށް ދޭ ބަލަ މޮޔަ ނުގޮވާ
ރިޕްލައި