ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އެންޖެލީނާ ޖޯލީގެ އީމެއިލްތަކާއި ފޯނު މެސެޖުތައް ހޯދަން އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓް އަނެއްކާވެސް ކޯޓުގައި އެދެފި އެވެ.
އެންޖެލީނާއާއި ބްރެޑްގެ މެދުގައި މިހާރު ކުރިއަށްދާ ކޯޓު މައްސަލައިގެ ތެރެއިން އެންޖެލީނާގެ އީމެއިލްތައް ހޯދަން ބްރެޑް މަސައްކަތް ކުރަނީ އެ އީމެއިލްތަކުގައި އެ މައްސަލައާ ގުޅޭ ހެކި ހުރި ކަމަށް ބުނެ އެވެ.
އެގޮތުން އެމީހުން ކައިވެނި ކޮށްގެން އުޅުނުއިރު އެކުގައި ގަތް ފްރެންޗް ވައިނަރީގެ މިލްކުވެރިކަމަށް ދެމީހުން ތަޅާފޮޅަމުން އަންނައިރު އެ ވައިނަރީއާ ބެހޭގޮތުން އެންޖެލީނާގެ މެނޭޖަރު ޓެޑީ ބާޑްއާ އީމެއިލް މެދުވެރިކޮށް ވާހަކަތަކެއް ބަދަލު ކުރެވިފައިވާ ކަމަށް ބްރެޑްގެ ޓީމުން ތުހުމަތު ކުރެ އެވެ.
މީގެ ކުރިން ވެސް ބްރެޑް ވަނީ އެންޖެލީނާގެ އީމެއިލްތަކާއި މެސެޖުތައް ހޯދަން ކޯޓުގައި އެދިފަ އެވެ. އެހެން ނަމަވެސް އެފަހަރު ވެސް ކޯޓުން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.
މީގެ އިތުރުން ވެސް ބްރެޑްގެ ހުށައެޅުމުގައި އޭނާ ވަނީ އެންޖެލީނާގެ ވަކީލުންގެ ފީ ދޭން އޭނާގެ މައްޗަށް ކޮށްފައިވާ އަމުރު ވެސް އަނބުރާ ގެންދަން އެދިފަ އެވެ.
2014 ވަނަ އަހަރުން 2019 ވަނަ އަހަރަށް ކައިވެނި ކޮށްގެން އުޅުނު އެންޖެލީނާއާއި ބްރެޑް ގާނޫނީ ކޯޅުމެއްގެ ތެރޭގައި އުޅޭތާ މިހާރު އަހަރުތަކެއް ވެދާނެ އެވެ.
 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					