ތަންތަނަށް ދިޔުން މަނާކޮށް ޖަލުގައި ގެންގުޅެން ސިޔާސީ ހަތުރުން ބޭނުންވާ ސަބަބު ހއ. ދިއްދޫއިން އެމަނިކުފާނަށް ކީ ހޫނު މަރުހަބާއިން އެނގިއްޖެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.
ދިއްދޫގައި ރޭ ބޭއްވި ތިލަ އުތުރު އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމުން އެކަން ވަރަށް ބޮޑަށް ސިޔާސީ ކޮށްލާފައިވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ އަޅުގަނޑު ހުއްޓި މި ހުރީ އުފާވެރިކަމުގެ ފިޔަވަޅެއްގައޭ، ހަމަ އެހެންމެ އަޅުގަނޑަށް މިހާރު ގަބޫލު ކުރެވޭ އަޅުގަނޑުގެ ވާދަވެރި ސިޔާސީ ހަތުރުން އަޅުގަނޑު ޖަލުގައި ގެންގުޅުމާއި ބަންދުގައި ގެންގުޅުމާއި ތަންތަނަށް ދިޔުން މަނާކޮށްގެން މިއުޅެނީ ކީއްވެގެންކަން މިއަދު އަޅުގަނޑަށް ދިއްދޫއިން ތިޔަ ވިދާޅުވި އިސްތިގުބާލުން އެކަންކަން ހަމަ ވަރަށް ސާފުކޮށް އަޅުގަނޑަށް ފެނިގެން ހިނގައްޖެ،" ޔާމީން ވިދާޅުވި އެވެ.
އެ ޖަލްސާގައި ޔާމީން ވަނީ ދިއްދުއިން އެމަނިކުފާނަށް ކީ ހޫނު މަރުހަބާއަށްޓަކައި ޝުކުރު ދަންނަވާފަ އެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ތާވަލްކުރި އެވެ. އަދި އެ އަޑުއެހުމަށް ޔާމީން ވަޑައިނުގަތުމުން އެ ކޯޓުން ވަނީ އެމަނިކުފާނަށް އިންޒާރު ދީފަ އެވެ. އެ އިންޒާރުގައި ވަނީ ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ދާނަމަ ގާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ ކަމަށެވެ.
ޔާމީންގެ ގާނޫނީ ޓީމުން ބުނީ އެމަނިކުފާނު ރަށުން ބޭރަށް ދާންޖެހޭކަން ކޯޓުގެ ސަމާލުކަމަށް ގެނެސް، އެދުވަސްތަކުގައި، އިތުރު އަޑުއެހުމެއް ތާވަލު ނުކުރުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
ޔާމީންގެ ޝަރީއަތް ކުއްލިގޮތަކަށް ތާވަލްކުރީ ހަނިމާދުއަށް ފުރަން ހަމަޖެހިފައިވާ ގަޑިއަށެވެ.
ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބުމާއެކު، އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި، ވަކީލުންގެ ފަރާތުން، ލިބިފައިވާ ދަޢުވަތާއި، ނަގާފައިވާ ޓިކެޓްގެ ކޮޕީއާއެކު، އެކަން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނަ އެވެ. ނަމަވެސް އަޑުއެހުން ކެންސަލް ކޮށްދެވެން ނެތްކަމަށާއި، ކަނޑައެޅިފައިވާ ގަޑީގައި، އަޑުއެހުން އޮންނާނެކަމަށް ކޯޓުން އެންގި އެވެ.
އެމަނިކުފާނުގެ ދަތުރާ ދިމާކޮށް ޝަރީއަތް ތާވަލްކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.
"އަލްވަދާއު"ގެ އޮންލައިން ބުކިންގްއަށް ހުޅުވާލައިފި
ނިދާއިރު ފަންކާއާއި އޭސީ އެއްކޮށް ނުޖަހާތި!
އަނިޔާއާއެކު ވެސް އައްޒަ މަސައްކަތައިގެން ކުރިއަށް!
