ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ވައްދަނިކޮށް، ބީއެމްއެލްގެ 100،000 އަށްވުރަ ގިނަ ޑޮލަރު ފޭރިގަތް މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
މޫނު ނިވާކޮށްގެން ތިބެ ވަޅިން ބިރުދެއްކުމަށްފަހު ފައިސާތައް ފޭރިގަނެގެން ލޯންޗެއްގައި އެ މީހުން ވަނީ ފިލައިފަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ ލޯންޗު ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ފޭރުމުގައި ބައިވެރިވީ ޖުމްލަ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެ އެވެ.
ނަމަވެސް ފޭރުނު ފައިސާ ހޯދުނުކަން މިހާތަނަށް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.
އެ މައްސަލަ ފުލުހަށް ރިޕޯޓު ކުރީ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
2.4 ބިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ގެއްލުމެއް ނުވާނެ
ހިކަނދިފަތް ނުކައި އުކާލުމުގެ ކުރިން ވިސްނާލާ!