ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސޮނާކްޝީ ސިންހާ އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ބުނެ ފެތުރޭ އަޑުތަކަށް އޭނާ ހެއްވާ މަޖާ ގޮތަކަށް ރައްދު ދީފި އެވެ.
މިފަހުން ސޮނާކްޝީ ބޭރު ތެރެއިން ފެނުނުއިރު ބޭނުންކުރި ހެދުންތަކުން އޭނާ އިނީ ބަލިވެ ކަމަށް މީޑިއާގައި އަޑު ފެތުރުނު ނަމަވެސް މިފަހަކާ ޖެހެންދެން އޭނާ ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެހެން ނަމަވެސް އެންމެ ފަހުން ސޮނާކްޝީ ކުރި ޕޯސްޓުގައި އޭނާ ބުނީ މިއީ ދުނިޔޭގެ ތާރީހުގައި އެންމެ ގިނަ ދުވަސް ވަންދެން މީހަކު ބަލިވެ އިން ފުރަތަމަ ފަހަރު ކަމަށެވެ.
ސޮނާކްޝީ އިޝާރާތް ކޮށްފައި އެވަނީ މި ފަހަކަށް އައިސް އެކި ފަހަރުމަތިން އޭނާ ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކަތަކަށެވެ. އެގޮތުން އެ ވާހަކަ ދެކެވޭތާ 16 މަސް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ސޮނާކްޝީގެ އެ ޕޯސްޓުގައި އޭނާގެ ފިރިމީހާ ޒަހީރު އިގްބާލްއާއެކު ފެންނައިރު އެ ދެމީހުން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރާތީ ފެނެ އެވެ.
ސޮނާކްޝީއާއި ޒަހީރު ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ސޮނާކްޝީއަކީ ހިންދޫއަކަށް ވާއިރު ޒަހީރުއަކީ މުސްލިމެކެވެ.