ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު ކަމަށެވެ.
އޭނާ މަރުވެފައި އޮއްވައި ފެނުނީ ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ނަމަވެސް އެއީ ދިވެއްސެއް ކަމެއް އަދި ސާފެއްނުވެ އެވެ.
"އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ ކޮޅުވެއްޓިން ޖުމްލަ ހަތް މީހުން ދަތުރުކުރި އެވެ. އޭގެތެރެއިން ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. ގެއްލު އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލީ ރޭ މެންދަމު 3:48 ހާއިރު އާއިލާފުށި ރިސޯޓާ އެއް މޭލު ބޭރަށް ކަމަށެވެ.
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
ސޯޝަލް މީޑިއާގެ ސަބަބުން އެކުވެރިކަމަށް ބޮޑު އަސަރެއް!
