ރައީސް މުހައްމަދު މުއިއްޒަށް އިންޒާރުދިން ކަމަށް ދޭޭހަވާ ގޮތަށް އެކްސްގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުކޮށް، އެމްޑީޕީގެ ޔޫތުވިންގް މެންބަރު އާއިޝަތު ޝިމަން އަހްމަދުގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުން ކޯޓު އަމުރެއްގެ ދަށުން ޝިމަންގެ ފޯނު ހިފެހެއްޓީ ރޭ ދަންވަރު އެވެ.
ޝިމަން ހުއްޓުވައި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ އަމުރުގައިވާގޮތުން އޭނާގެ ފޯނު ހިފެހެއްޓީ ރައީސް އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އެކްސްގައި ކޮމެންޓެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށެވެ.
ފޯނުގައި ހުރި ޑޭޓާ ތަހުލީލުކުރުމަށް ފޯނާއި އެޕްލިކޭޝަންތަކަށް އެކްސެސްވުމަށް ބޭނުންވާ ޕާސްވޯޑްތަކާއި ޕެޓާންތައް، އަދި އެކްސެސްވުމަށް ބޭނުންވާ އެ ނޫން ވެސް މައުލޫމާތު ފުލުހުންނަށް ދިނުމަށް އަމުރުކޮށްފައިވެ އެވެ.
ސަވާހިލި އަލުން އައްޑޫ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު
ހިތަދޫން ވިޔަފާރީގެ ބޭނުމަށް 19 ބިމެއް ކުއްޔަށް ދޫކުރަނީ
މާލޭގެ ގެއެއްގައި ރޯވެ ގެއްލުންވެއްޖެ
