އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހްމަދު އަޒްހާދު މަސްތުވާތަކެއްޗާއެކު ރޭ ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ހުންނަ "ރެއިންކްރެސްޓް" ގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށެވެ.
Ads by Dhiraaguއެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ޑްރަގު ފެނިފައިވާކަންވެސް އެނގިފައިވެއެވެ. ނަމަވެސް އޭގެ ސީދާ ބަރުދަނެއް އަދި ބާވަތެއް ޔަގީނެއް ނޫނެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ފައެނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އެޖީ އޮފީހުގެ އިސް ބައެއް މަގާމުތައްވެސް މީގެ ކުރިން އޭނާ ފުރުއްވާފައިވެއެވެ.
ލޮލުގެ މައްސަލައެއްތަ؟ ނޫނީ ސިކުނޑިން ދޭ އިންޒާރެއްތަ؟
ރޯހިތުއަށް އަނެއްކާ ވެސް މަރުގެ އިންޒާރެއް؟
ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމް
