ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިޔުރިޓީ ފޫއަޅުވާލައި ރަންވޭމަތިން ދުވެފަ ދިޔަ މީހަކު ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.
އިތުބާރުހުރި މަސްދަރަކުން "ހުރިހާ"އަށް ކަށަވަރުކުރެވިފައިވާގޮތުގައި ރޭ ހިނގި އެ ހާދިސާގައި ހައްޔަރުކުރީ އެއާޕޯޓަށް ފުރަންދިޔަ މީހެއް ނޫނެވެ.
އެއާޕޯޓްގައި ރޭ ހުރި މީހަކު ކުއްލިގޮަތަކަށް ސެކިޔުރިޓީ ފޫއަޅުވާލާފައި ވަދެގަނެ ރަންވޭ މައްޗަށް އަރައިގެން ދުއްވައިގަތީ އެވެ.
އޭނާ ދުއްވައިގަންނަން ފެށުމުން ރަންވޭ މަތިން އެއާޕޯޓްގެ ސެކިޔުރިޓީން ވަނީ އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފަ އެވެ.
އެނގިފައިވާގޮތުގައި އެ މީހާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.
މިކަމާ ގުޅިގެން ފުލުހުންނާއި އެމްއޭސީއެލް އިން މިހާތަނަށް ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.
އީ- ޕާސްޕޯޓް ދޫކުރުން މެދުކަނޑާލައިފި
ކުރީގެ މަޖިލިސް މެންބަރު ރާމިޒު އަވަހާރަވެއްޖެ
މިލިއަނަކަށް ވުރެ ގިނަ މާތަކުން އިސްތަންބޫލް ޖަރީވާ މޫސުމެއް!

ބޮމެއް ހިފައިގެން އައި މީހެއްނޫންބާ