ކޮވިޑް ޖެހިގެން 69 ވަނަ މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ.
މިއީ މިއަދު ކޮވިޑް ޖެހިގެން މަރުވި ދެވަނަ މީހާ އެވެ.
އެޗްޕީއޭއިން މިއަދު ބުނީ، މިއަދު ހަވީރު 4:00 ހާއިރު، އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެނައި އެއްވެސް ހަރަކާތެއް ނެތް މީހަކު މަރުވެފައިވާ ކަމަށެވެ. އެ މީހާ ކޮވިޑަށް ޓެސްޓް ކުރިއިރު، ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
މަރުވި މީހާ އަކީ 86 އަހަރުގެ ފިރިހެނެކެވެ.
މިއަދު ފުރަތަމަ ކޮވިޑް ޖެހިގެން މަރުވީ އައިޖީއެމްއެޗްގައި މިއަދު ހެނދުނު ފަރުވާ ދެމުން ދިޔަ 82 އަހަރުގެ އަންހެނެކެވެ.
ފުވައްމުލަކާއި ފޯޅަވަހި: ހިތާއި ހިތުގެ ގުޅުމެއް
ފަހު ވަގުތު ހަވާއެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!
