ހޮލީވުޑްގެ މަޝްހޫރު ތަރި ޖެނިފާ އެނިސްޓަންގެ ކުރިއަށް އޮތް ދަތުރުގައި އަވަށްޓެރި އިންޑިއާއަށް ދާން ބޭނުންވާ ސަބަބު އޭނާ ހާމަކޮށްފި އެވެ.
އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ޖެނިފާ ވަނީ މީގެ ކުރިން އޭނާ އިންޑިއާއަށް ކުރި ދަތުރުތަކުގެ ތަޖުރިބާއާއި އަދިވެސް އެގައުމަށް އޭނާ ދާން ބޭނުންވާ ސަބަބު ބުނެދީފަ އެވެ.
ޖެނިފާ ބުނީ އިންޑިއާއަކީ ރޫހާނީ ކުރިއެރުމަށް ރަނގަޅު ގައުމެއް ކަމަށާއި އެ ގައުމުގައި ޔޯގާ އަދި މެޑިޓޭޓް ކުރުން ފަދަ ކަންކަމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށެވެ.
އިންޑިއާގައި އޭނާގެ ފިލްމުތައް ޝޫޓު ކުރުމުގެ ތަޖުރިބާ ހިއްސާ ކުރަމުން ޖެނިފާ ބުނީ އިންޑިއާގެ ސަގާފަތުގެ އެކި ކަންކަމަކީ ޝައުގުވެރި ކަންތައްތަކެއް ކަމަށެވެ.
ޖެނިފާ ވަނީ އޭނާގެ ފިލްމު "މާޑާ މިސްޓަރީ 2"ގެ މަންޒަރެއް އެޑަމް ސޭންޑްލާއާއެކު އިންޑިއާގައި ކުޅެފަ އެވެ. އެ މަންޒަރުގައި އިންޑިއާގެ ކައިވެންޏެއް ފެނެ އެވެ.
ޖެނިފާގެ އެންމެ ފަހުގެ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ރީސް ވިތަސްޕޫންއާއެކު "ދަ މޯނިން ޝޯ"ގެ ސީޒަން 2 އިންނެވެ.
އިޒްރޭލަށް ރައްދު ދޭނެކަމުގެ އިންޒާރު ހިޒްބުﷲ އިން ދީފި
އެމެރިކާއާއެކު އަލުން މަޝްވަރާކުރަން އަދި ނުނިންމަން: އީރާން
ދުނިޔޭގެ އެންމެ ބޮޑު އަންހެން ސެޓެލައިޓް މިޝަންގައި ދިވެއްސެއް