ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.
އުމުރުން 74 އަހަރުގެ ގާސިމް ސަން އައިލެންޑު ރިސޯޓުގައި ހުންނަވަނިކޮށް އިއްޔެ "އުނދަގޫތަކެއް" ވެގެން ލޯންޗުގައި މާލެ ވަޑައިގަތީ ކަމަށް އޭނާގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިއްހީ ހާލަތު ހުރިގޮތުން ފްލައިޓްގައި ވެސް ދަތުރުކުރެވެން ނެތުމުން މާލެ ވަޑައިގަތީ ލޯންޗުގަ އެވެ.
ގާސިމްގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތު އާއިލާއިން ހާމަކޮށްފައެއްނުވެ އެވެ.
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
އެޕްސްޓީންއާ ބައްދަލުކުރިއިރު، ތުހުމަތެއް ކުރެވޭކަމެއް ނޭނގެ
"ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށްގެން"
