ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އޭނާގެ އަލަތު ދަރިފުޅަށް ބަނޑުބޮޑު ކަމަށް އަނެއްކާ ވެސް މީޑިއާގައި އަޑު ފެތުރެން ފަށައިފި އެވެ.
ކެޓްރީނާ ބަލިވެ އިންކަމަށް ބުނާ އަޑުތައް ގަދަ ވެފައި މިވަނީ ދާދި ފަހުން އޭނާއާއި އޭނާގެ ފިރިމީހާ ވިކީ ކައުޝަލް އެކުގައި ބޭރު ތެރެއިން ފެނުނު ފަހުންނެވެ.
އެ ފެނިލުމުގައި ކެޓްރީނާގެ އަމަލުތައް ހުރި ގޮތުންނާއި ބޭނުން ކޮށްފައިވާ ހެދުމުގެ ގޮތުން އޭނާ އިނީ ބަލިވެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ.
މިއީ ކެޓްރީނާ ބަލިވެ އިން ކަމަށް މީޑިއާގައި އަޑު ފެތުރުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އެ އަޑުތައް ފެތުރިފައިވެ އެވެ.
އެގޮތުން 2021 ވަނަ އަހަރު ވިކީއާއި ކެޓްރީނާ ކައިވެނި ކުރީ ވެސް ކެޓްރީނާ ބަލިވެ އިނުމުން ކަމަށް އޭރު މީޑިއާގައި ހަބަރު ފެތުރުނެވެ.
ވިކީއާއި ކެޓްރީނާއަށް ދަރިއަކު ލިބެން އުޅޭ ކަމަށް އަޑުތައް ފެތުރިފައިވާ މަ ދަނޑިވަޅުގައި ބައެއް މީހުން އެ ދެމަފިރިންނަށް މަރުހަބާ ކިޔަމުން ދާއިރު އަނެއްބަޔަކު ބުނަމުން އަންނަނީ އެކަން ގަބޫލު ކުރާނީ އެ ދެމީހުން އެކަން ޔަގީން ކޮށްދިނުމުން ކަމަށެވެ.