ގުރާ ފެހިކުލައަކީ އެ ކުލައިގެ އަލިގަދަ ކަމާއި ފާޅުކަން ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު އެ މީހުންގެ ހެދުންތަކުން އުނިކުރާ ކުލައެކެވެ. އެ ކުލައިގެ ހެދުންތަކާ ގުޅޭ އެހެން ކުލަތައް މަދުވުމަކީ ވެސް ހެދުން އަލަމާރިތަކުން ގުރާފެހި ނުފެންނަ ސަބަބެކެވެ.

އެހެން ނަމަވެސް ގުރާ ފެއްސަކީ ވެސް ހެދުން އެޅުމުގައި އެކި ގޮތްްގޮތަށް ބޭނުން ކުރެވިދާނެ ކުލައެއްކަން މެންގޯގެ ފެޝަން ކަލެކްޝަނުން އެނގިގެންދެ އެވެ.

މެންގޯގެ ހެދުމެއް

އެންމެ ފުރަތަމަ ކަމަކަށް ވެސް ހެދުން އަލަމާރީގައި ގުރާފެހި ކުލައިގެ ގަމީހެއް ނުވަތަ ހެދުމެއް ހުރުމަކީ ހެދުން އަލަމާރި އެތައް ގުނައެއް މުއްސަނދި ކޮށްދޭނެ ކަމެކެވެ.

މި ކުލައަކީ އެކި މުނާސަބަތުތަކަށް އެކި ގޮތްގޮތަށް ބޭނުން ކުރެވޭ ކުލައަކަށްވާއިރު ގުރާ ފެއްސާއެކު އެހެނިހެން ޓޯންތައް ބޭނުން ކުރުމަކީ ހެދުމަށް އިތުރު ފުރިހަމަކަން ލިބޭނެ ކަމެކެވެ.

މެންގޯގެ ހެދުމެއް

އެގޮތުން ހާއްސަ ހަފްލާއަކަށް ނުވަތަ ޕާޓީއަކަށް ދާއިރު ގުރާ ފެހިކުލައިގެ ހެދުމާއެކު ރަން ކުލައިގެ އެކްސެސޮރީޒް ބޭނުން ކުރެވިދާނެ އެވެ. އާއްމު ދިރިއުޅުމުގައި ނަމަ ނޫޑް ނުވަތަ ބީޖް ކުލަ ބޭނުން ކުރެވިދާނެ އެވެ.

އެއާއެކު ނިއުޓްރަލް ކުލަތަކުގެ ހެދުމާއެކު ގުރާފެހި ކުލައިގެ އެކްސެސޮރީޒް ބޭނުން ކުރުމަކީ ވެސް އޮތް ގޮތެކެވެ. މިއީ ތިބާގެ "ބޯލްޑް" ލުކް ފުރިހަމަ ކޮށްދޭނެ ކަމެކެވެ.

މެންގޯގެ ފައިވާނެއް

ގުރާ ފެހިކުލައިގެ އަލިގަދަ ކަމުގެ ސަބަބުން އެ ކުލަ ވެގެންދާނީ ގިނަ ބައެއްގެ ސަމާލުކަން އަތުލައިގަންނަ ކުލައަކަށެވެ. އެހެން ކަމުން ތަނެއްގައި ފާހަގަވާން ބޭނުންނަމަ ގުރާފެހި ކުލައަކީ އެންމެ ރަނގަޅު ކުލަ އެވެ.

ގުރާފެހި ކުލައިގެ އެކި ޑިޒައިންތަކުގެ ހެދުމާއި އެކްސެސޮރީޒް މެންގޯ ފެޝަން ކަލެކްޝަނުން ލިބެން ހުރިއިރު އެ ޓްރެންޑް މިހާރި އަންނަނީ ވައިގައި ހިފަމުންނެވެ.