ޑިޒްނީއާއި މާވެލް ސްޓޫޑިއޯސްގެ ކުރިއަށް އޮތް ފިލްމު "އެވެންޖާސް: ޑޫމްސްޑޭ"ގެ ފެނިލުމެއް މިފަހުން އޮތް ޑެސްޓިނޭޝަން ޑީ23 އިވެންޓުގައި ދައްކާލައިފި އެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެ ފިލްމަކީ މާވެލް ސިނަމެޓިކް ޔުނިވާސްގެ ގިނަ ކެރެކްޓަރުންތަކެއް އެކުގައި ފެނިގެންދާނެ ފިލްމަކަށް ވާނެ އެވެ.
އެގޮތުން ޑީ23 އިވެންޓުގައި ދައްކާލި ޓީޒާގައި އެކްސް މޭން، ފެންޓާސްޓިކް ފޯ، ތަންޑަބޯލްޓްސްގެ އިތުރުން ވެސް މާވެލްގެ އެހެން ކެރެކްޓަރުންގެ ފެނިލުންތައް ފެނިފައިވެ އެވެ.
އެ ފިލްމުގެ ޑައިރެކްޓަރު ޖޯއާއި އެންތަނީ ރަސޯ ބުނީ މި ފިލްމު ވެގެންދާނީ މާވެލްއިން މީގެ ކުރިން ގެނެސްދީފައިނުވާ ފަދަ ފުރިހަމަ ފިލްމަކަށް ކަމަށެވެ.
ޑީ23ގައި ބައިވެރިވި ފަރާތްތަކަށް މި ޓީޒާ ފެނިފައިވީ ނަމަވެސް އާއްމުންނަށް ބެލޭގޮތަށް މާވެލްއިން އެ ޓީޒާ މިހާތަނަށް ރިލީޒް ކޮށްފައެއް ނުވެ އެވެ.
އެވެންޖާސް ޑޫމްސްޑޭގެ ޝޫޓިން މިހާރު ލަންޑަންގައި ކުރިއަށްދާއިރު އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
2027 ގެ އީދުގައި ސަލްމާންގެ ފިލްމެއް؟
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
ޔަހޫދީންގެ ހަމަލާތަކުގައި އީރާނުގެ 210 ކުޑަކުދިން މަރުވެފައިވޭ