ބޮޑު މުސާރައާއެކު އެމްއޭސީއެލް އިން ވަޒީފާ ދީފައިވާ މަރިޔަމް ޝިއުނާ އޮފީހުގެ ރަސްމީ އެއްވެސް މަސައްކަތެއް ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަތުރުތަކުގައި އުޅޭތީ އަނެއްކާވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ފުރައްސާރަކުރި މައްސަލަައިގައި ރައީސް މުއިއްޒަށް މަޖުބޫރުވެގެން ޝިއުނާ ސަސްޕެންޑުކުރި އެވެ. ސަސްޕެންޑުކުރީ ނަމެއްގަ އެވެ. ސަސްޕެންޝަންގައި ހުރިއިރު ވެސް މުސާރަ ބަރާބަރަށް ލިބުނެވެ. ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރަކަށް ހުރެ ޝިއުނާ މޯދީއަށް މަލާމާތްކޮށް ފުރައްސާރަކުރި ވާހަކަ އެ ގައުމުގެ ނޫސްތަކުގެ ފަލަ ސުރުޚީތަކަށް ވެސް އެރި އެވެ. އެކަމާ ގުޅިގެން އިންޑިއާގެ ފަތުރުވެރިން ރާއްޖެއައުން ބޮޑުތަނުން އޭރު މަދުވެ، އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ޓޫރިޒަމް އިންޑަސްޓްރީއަށް ލިބުނެވެ.
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވުމުން ގިނަ ބަޔަކު ކެނޑިނޭޅި ފާޑުކިޔަމުންދިޔުމުން ރައީސް މުއިއްޒުގެ އެންގެވުމަށް ޝިއުނާ އިސްތިއުފާދިނެވެ. ދެން ރައީސް މުއިއްޒު އެންގެވީ ބޮޑު މުސާރައާ އެކު އެމްއޭސީއެލް އިން އޭނާއަށް ވަޒީފާއެއް ދިނުމަށެވެ.
ރައީސް މުއިއްޒުގެ އެންގެވުމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވަނީ ޝިއުނާއަށް ވަޒީފާ ހަމަޖައްސާފަ އެވެ.
ޝިއުނާއަށް ވަޒީފާ ދީފައި ވަނީ އެ ކުންފުނީގެ އެހެން މުވައްޒަފުންނަށް ނުލިބޭ ޚާއްސަ އިމްތިޔާޒުތަކެއް ލިބޭ ގޮތަށެވެ. އެގޮތުން ބޭނުން ކޮންމެއިރަކު އޮފީހުގެ މަސައްކަތްތައް ނުކޮށް، ރައީސް މުއިއްޒާއެކު އެކި ރަށްތަކަށް ދަތުރުކުރެވެ އެވެ.
މިހާރު ރައީސް މުއިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް އާއިލާ މީހުން ކައިރިއަށް ދިޔުމަށް ބޭނުންވާ ބައެއް މުވައްޒަފުން އެ ކުންފުނީގައި އެބަތިއްބެވެ. ނަމަވެސް އެ މުވައްޒަފުންނަށް އެ ފުރުސަތެއް ނެތެވެ. އެ ޚާއްސަ އިނާޔަތް ލިބެނީ ހަމައެކަނި ޝިއުނާ އަށެވެ.
ރައީސްގެ ދަތުރުފުޅުގައި ޝިއުނާ ކުރަންޖެހޭ ކަމަކީ އެމަނިކުފާނުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް އެމަނިކުފާނު ޕްރޮމޯޓްކުރުމެވެ.
ބ. އަތޮޅުގެ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނީގެ އެހެން މުވައްޒަފުންނަށް ނުލިބޭއިރު، ހަމައެކަނި ވަކި މުވައްޒަފަކަށް މި ފުރުސަތު ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ވެސް ހިލާފު ކަމެކެވެ.
މުޅި ދައުލަތް ތިމާގެ ބޭނުމަށް ހިސޯރުކުރުމުގެ ނަތީޖާ ހިތިވާން، ވަޒީފާގެ މާޙައުލުގައި ކަމާ ނުވެސް ގުޅޭ އިދާރާއެއްގައި ރައިީސްގެ ޕޮޓޯގްރާފަރެއް ބޭނުން ކުރަންޖެހޭ ސަބަބެއް ނޭގޭ.. ރައީސް އޮފީހުގައި ރައީސްގެ އިވެންޓް ކަވަރކުރަން، ފޮޓޯނަގަން. ޚަބަރު ލިޔަން ބޮޑު ޓީމެއް ކުރީގެ ޓީވީ ޕްރެޒެންޓަރ ޚަލީލް އަދި ޚާއްސަ ޗެނަލެއް އުފައްދާ އެތައް މުވައްޒަފުންނެއް ލެވިފަވާއިރު. މީ ކޮންފަދަ ހަމައަކުން ގެންގުޅޭ ޝިއުނާއެއްތޯ. ދައުލަތުގެ ފައިސާ އިސްރާފްކުރައްވަނީ. އިކޮނިމީ އިނދަޖެހެނީ...
ރިޕްލައި