ދުނިޔެއަށް ވުރެ ގިނަ ދުވަސްވީ ގިނިހިލައެއް އެމެރިކާގެ ޖިއޯޖިއާގެ ގެއަކަށް ވެއްޓިފައިވާކަމަށް ސައިންސްވެރިން ބުނެފި އެވެ.
މި ހިލަ ޖިއޯޖިއާގެ މަތިން އެތި ކޮޅުތަކަށް ބައިވެފައިވާއިރު، ޔުނިވާސިޓީ އޮފް ޖިއޯޖިއާގެ ދިރާސާކުރާ ފަރާތްތަކުން ވަނީ މީގެ ތެރެއިން އެގޭގެ ފުރާޅު ފޫއަޅުވާލާ ވެއްޓުނު ހިލަކޮޅެއް ޓެސްޓް ކޮށްފަ އެވެ.
އެމީހުން ހެދި ޓެސްޓްތަކުން ހާމަވި ގޮތުގައި، އެ ހިލަކޮޅަކީ މީގެ 4.56 ބިލިއަން އަހަރު ކުރިން އުފެދިފައިވާ، ދުނިޔެއަށް ވުރެ 20 އަހަރު ބޮޑު ހިލަކޮޅެކެވެ.
ޖިއޯޖިއާ އާ ކައިރި ސަރަހައްދުތަކުގައި އުޅޭ މީހުންވެސް މި ގިނިހިލަ ފެނުނުކަމަށް ބުނެފައިވާއިރު، އެމީހުން ބުނީ އޭތި ވަރަށް އަވަރަށް ކުދި އެތިކޮޅުތަކަށް ކުޑަވިކަމަށާއި، އޭތި ދަތުރުކުރަމުން ދިޔައީ ސިކުންތަކު 1 ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށެވެ.
އެއަށްފަހު އެ ހިލަކޮޅު ވަނީ ޖިއޯޖިއާގައި ދިރިއުޅޭ ފަރާތެއް ކަމަށްވާ ހެންރީ ކައުންޓީގެ ފުރާޅު ފޫއަޅުވާލާ އެ ގޭގެ ތެރެއަށް ވެއްޓިފަ އެވެ. މިހިލަކޮޅުގެ އެކި އެކި ބައިތައް ވެސް ވަނީ އެގޭގެ އެކި އެކި ބައިތަކަށް ވެއްޓިފަ އެވެ.
މިހާރު މިތަކެތި ސައިންވެރިންގެ ތަހުލީލުތަކަށް ހަވާލުކޮށްފައިވާއިރު، މިހާތަނަށް 50 ގްރާމް ހުރި 23 ހިލަކޮޅު ވަނީ ފެނިފަ އެވެ. ކައުންޓީ ބުނި ގޮތުގައި އެގޭގެ އެތެރޭގައި އަދިވެސް އެ ހިލަކޮޅުގެ ކުޑިތަކުގެ އަސަރު ފެންނަން އެބަހުއްޓެވެ.
މިއީ ވަރަށް މަދުން ނޫނީ ނުވާކަމަކަށްވާއިރު، ސައިންސްވެރިން ބުނި ގޮތުގައި 20 އަހަރުގެ ތެރޭގައި އެތައް ފަހަރަކު ދުނިޔެއަށް ގިނިހިލަ ވެއްޓުމަކީ އަޖައިބެކެވެ.