މޯލްޑިވް ގޭސްގެ ކުރީގެ މުވައްޒަފަކު އެ ކުންފުނީގެ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން އަމިއްލަ ހަރަދުތަކެއް ކުރި މައްސަލާގައި 15 އަހަރުފަހުން އެ ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މޯލްޑިވް ގޭސްގެ މުވައްޒަފަކު އެ ކުންފުނީގެ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އަމިއްލަ ބޭނުންތަކަށް ހަރަދުކުރި 161,000 ރުފިޔާގެ ތެރެއިން އަނބުރާ ނުދައްކާ ހުރި 131,000 ރުފިޔާ ހޯދަން އެ ކުންފުނިން ދައުވާކުރީ މިދިޔަ އަހަރު އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ހުކުމްކުރީ މިހާތަނަށް ނުދައްކާ ހުރި 131,000 ރުފިޔާ 15 ދުވަސް ތެރޭގައި ދެއްކުމަށެވެ.
އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ކުރިން ބެލުމަށްފަހު އެ ފައިސާ އަނބުރާ ހޯދަން އެންގި އެވެ.