ހުޅުމާލޭގައި ފުލުހުންގެ ސައިކަލެއްގައި ކާރަކުން ޖައްސައި ބިންމައްޗަށް ވައްޓާލި ފުލުހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން ފުލުހުން ބުނުމުން މަޑުނުކޮށް ބާރު ސްޕީޑްގައި ފޭސް އެކަކާއި ފޭސް ދޭއްގައި ދުއްވަމުން ދިޔަ ކަމަށެވެ. އެހެންވެ، އެ ކާރުގެ ފަހަތުން ދެ ފުލުހަކު ސައިކަލެއްގައި ދިޔުމުން ކާރުން ޖައްސައި ސައިކަލުގައި އިން ފުލުހަކު ބިންމައްޗަށް ވައްޓާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ބިންމައްޗަށް ވައްޓާލި ފުލުސް މީހާއަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ކާރު ދުއްވި ފިރިހެން މީހާ އާއި ކާރުގައި އިން އަންހެން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ބަނޑަށް 8 މަހުގައި ވެސް ދީޕިކާ ފިލްމީ މަސައްކަތްތަކުގައި!
ޕީޕީއެމް އުވާލި ސަބަބު ސާފުކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނަގަން އިސްލާހެއް
