ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓްގެ ސިއްރުތަކެއް އޭނާގެ ކުރީގެ އަންހެނުން އެންޖެލީނާ ޖޯލީ ފަޅާ އަރުވާލަން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބްރެޑްއާއި އެންޖެލީނާގެ ނުތަނަވަސްކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ޓެލް އޯލް އިންޓަވިއުއެއް ދިނުމާމެދު އެންޖެލީނާ އަންނަނީ ވިސްނަމުންނެވެ.
އެ އިންޓަވިއުގައި ބްރެޑްއާ ބެހޭގޮތުން ކުރިން ނޭނގޭ ވާހަކަތަކެއް އެންޖެލީނާ ކިޔައިދޭނެ ކަމަށާއި އެ ވާހަކަތަކަކީ ބްރެޑްގެ އަބުރާއި އިއްޒަތަށް އަސަރުކުރާނެ ވާހަކަތަކެއް ކަމަށް ވެސް ބުނެވެ އެވެ.
އެންޖެލީނާގެ މި ފިޔަވަޅަކީ އެ ދެމީހުންގެ މެދުގައި ފާއިތުވި ނުވަ އަހަރު ކުރިއަށްދާ ފްރެންޗް ވައިނަރީގެ މައްސަލަ ކޮޅެއްގައި ނުޖެހި ވަނިކޮށް އަޅާ ފިޔަވަޅެކެވެ.
އެގޮތުން ބްރެޑް އޭނާއާ ޒާތީ ގޮތުން ޖައްސާލައިގެން އުޅޭނަަމަ އެ ކަން ކުރަން ފަސްނުޖެހޭނެ ކަމަށް އެންޖެލީނާ ބުނެފައިވާ ކަމަށްވެ އެވެ.
ކައިވެނި ކޮށްުގެން އުޅުނު ދުވަސްވަރު އެކުގައި ހިއްސާ ވެގެން އެމީހުން ގަނެފައިވާ އެ ވައިނަރީގެ މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގަ އެވެ.