އެމްޓީވީއިން ކޮންމެ އަހަރަކު ވެސް ބާއްވާ ވީޑިއޯ މިއުޒިކް އެވޯޑްސްގެ މިއަހަރުގެ އެވޯޑްތަކަށް ނޮމިނޭޓް ވެފައިވާ ފަންނާނުންގެ ލިސްޓު އާއްމު ކޮށްފި އެވެ.
ވީއެމްއޭ އެވޯޑްސްގެ ވޯޓިންއަށް މިހާރު ހުޅުވާލާފައިވާއިރު މިއަހަރުގެ އެވޯޑަށް ވެސް އެކި ކެޓަގަރީތަކުން ތަފާތު ފަންނާނުން ވަނީ ނޮމިނޭޓްވެފަ އެވެ.
އެގޮތުން ޖުމްލަ 12 ނޮމިނޭޝަންއާއެކު ނޮމިނޭޝަން ލިސްޓުގެ ކުރީގައި އުޅެނީ ލޭޑީ ގާގާ އެވެ. ބްރޫނޯ މާސްއަށް 11 ނޮމިނޭޝަން ލިބުނުއިރު ކެންޑްރިކް ލާމާއަށް ލިބުނީ 10 ނޮމިނޭޝަން އެވެ. ރޯސޭއާއި ސަބްރީނާ ކާޕެންޓާއަށް ލިބުނީ 8 ނޮމިނޭޝަން އެވެ.
މީގެ އިތުރުން ވެސް އެ އެވޯޑުގެ ނޮމިނޭޝަންތައް ލިބުނު ތަރިންގެ ތެރޭގައި ބިލީ އެއިލިޝް، ދަ ވީކެންޑް، ބިޔޯންސޭ އަދި ޓޭލާ ސްވިފްޓް ފަދަ ތަރިން ވެސް ހިމެނެ އެވެ.
2019ގެ ފަހުން އެމްޓީވީއިން ވަނީ ވީއެމްއޭ އެވޯޑްސްއަށް ތަފާތު ކެޓެގަރީތަކެއް އިތުރު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ބެސްޓް ލެޓިންއާއި ބެސްޓް ކޭޕޮޕް ފަދަ ކެޓަގަރީތައް ހިމެނެ އެވެ.
އެމް ޓީވީއާއި ޕެރަމައުންޓް މެދުވެރިކޮށް ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ވީއެމްއޭ އެވޯޑްސް ބެލޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އަނިޔާވި ހަ މީހަކަށް އަނިޔާ
ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!