ހޮލީވުޑްގެ މަޝްހޫރު ތަރި ޖޭސަން މޮމޯއާ އެންމެ މަޝްހޫރު ވެފައިވަނީ އޭނާގެ ސިފައިގެ ސަބަބުންނެވެ. އެގޮތުން އޭނާގެ ކަޅުކުލަ ގަދަ ވަރުގަދަ ތުނބުޅިއަކީ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ އެއްޗެކެވެ.
އެހެން ނަމަވެސް އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ފާހަގަކުރި ޖޭސަންގެ 46 ވަނަ އުފަން ދުވަހު އޭނާ ފެނިފައިވަނީ މުޅިން ތަފާތު ގޮތަކަށެވެ.
ޖޭސަންގެ އުފަން ދުވަހު އޭނާގެ އިންސްޓްގްރާމްގައި ކުރި ޕޯސްޓުން އެންމެންނަށް ވެސް ފާހަގަވީ އޭނާގެ މޫނަށް އައިސްފައިވާ ބަދަލެވެ. އޭނާގެ އެންމެ ހާއްސަ ސިފަ ގެނެސްދޭ ތުނބުޅި ހުރީ ބާލާފަ އެވެ.
އުފަންދުވަހުގެ އެއް ދުވަސް ކުރިން ޖޭސަން އޭނާގެ ތުނބުޅި ބާލާ މަންޒަރު ފެންނަ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ބުނެފައިވަނީ ހަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ތުނބުޅި ބާލަނީ ކަމަށެވެ.
ޖޭސަންގެ ސިފައަށް ގެނައި ބަދަލާއެކު އޭނާގެ ކުރިއަށް އޮތް ފިލްމު "ޑިއުން"ގެ މަސައްކަތް ވަނީ ވަަގުތުން ފަށާފަ އެވެ. އޭނާގެ އުފަން ދުވަސް ވެސް ހޭދަކުރީ އެކަމުގަ އެވެ.
އުފަން ދުވަހާ ގުޅުވައިގެން ޖޭސަން ބުނީ އުމުރުން ދޮށި ވިޔަސް އޭނާ ކުރަމުން އަންނަ މަސައްކަތްތަކަށް މަޑު ޖެހުމެއް ނުގެންނާނެ ކަމަށެވެ.
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ
ޔަހޫދީންގެ ހަމަލާތަކުގައި އީރާނުގެ 210 ކުޑަކުދިން މަރުވެފައިވޭ
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!