ދުނިޔެއިން ނެތިގެން ގޮސްފައިވާ ކަމަށް ގަބޫލު ކުރެވިފައިވާ ދުނިޔޭގެ އެންމެ ކުޑަ ހަރުފަ ބާބެޑޮސްގެ ޖަންގައްޔަކުން އަނެއްކާ ވެސް ފެނިއްޖެ އެވެ.
ބާބެޑޮސް ތުރެޑްސްނޭކް ނަމަކަށް ކިޔާ މި ހަރުފަ މީގެ ކުރިން ފެނިފައިވަނީ 1980ގެ ފަހުކޮޅު އެވެ. އޭރުވެސް އެ ހަރުފައަކީ ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައި އޮތް ހަރުފަ އެކެވެ.
ދިގުމިނުގައި އެންމެ ހަތަރު ވަަރަކަށް އިންޗި ހުންނަ އެ ހަރުފައަކީ އާއްމު ގޮތެއްގައި ފަންޏެއްގެ ގޮތުގައި ކުށްހީ ކުރެވުނަސް ވަރަށް ވިހަގަދަ ހަރުފަ އެކެވެ.
މި ހަރުފައަށް ލިބިގެންވާ ހާއްސަ ސިފަތަކުގެ ތެރޭގައި ކަޅު ކުލައާއި އޮރެންޖު ކުލައިގެ ލައްޖެހި ހަމާއި ދެފަރާތުގައިވާ އަވަރު ދެ ލޯ ހިމެނެ އެވެ.
ބާބެޑޮސްގެ ސައިންސްވެރިން ވަނީ އެ ހަރުފަ ފެނުމާއެކު ހަރުފައިގެ އިތުރު ތަހުލީލުތަކެއް ކުރަން ލެބޯޓަރީއަކަށް ގެންގޮސް ތަހުލީލުތައް ނިމުމުން އަލުން ޖަންގައްޔަށް ދޫކޮށްލާފަ އެވެ.
އެ ފަރާތްތަކުން ބުނީ މި ހަރުފަ އަލުން ފެނުމަކީ ދުނިޔޭގެ ބައޯޑައިވާސިޓީ ރައްކާތެރި ކުރަން ކުރާ މަސައްކަތުގައި ލިބުނު އާ އުއްމީދެއް ކަމަށެވެ.