ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކެޓްރީނާ ކައިފް އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު އަނެއްކާވެސް ގަދަވެއްޖެ އެވެ.

މި އަޑުތައް މިފަހަރު ގަދަވެފައި މިވަނީ އެންމެ ފަހުން ކެޓްރީނާ ވިކީއާއެކު ބޭރުތެރެއިން ފެނުނުއިރު އޭނާ ބޭނުންކުރި ގަޔަށް ދޫ ގަމީހުގެ ސަބަބުންނެވެ.

އެގޮތުން އެހާ ދޫ ހެދުމެއް ލައގެން ހުރީ ބަނޑުބޮޑުކަން ފޮރުވަން ކަމަށް ގިނަ ބަޔަކު ބުނަމުންދެ އެވެ. އެއާއެކު އޭނާގެ ހަށިގަނޑަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވާކަން ބައެއް މީހުން ފާހަގަކުރި އެވެ.

މިއީ ކެޓްރީނާ ބަލިވެ އިންކަމަށް ބުނެ މީޑިއާގައި އަޑުތައް ފެތުރުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އެ ވާހަކަ އެތައް ފަހަރެއްގެ މަތިން ދެކެވުނުއިރު އެކަން އެއްވެސް މީހަކު ޔަގީން ކޮށްދީފައެއް ނުވެ އެވެ.

2021 ވަނަ އަހަރު ކައިވެނިކުރި ވިކީއާއި ކެޓްރީނާއަކީ ބޮލީވުޑްގައި މިވަގުތު އުޅޭ އެންމެ ލޯބި އެއް ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ކެޓްރީނާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ބޮކްސް އޮފީހުގައި ނާކާމިޔާބުވި 2024ގެ ތަމަޅަ ފިލްމު "މެރީ ކްރިސްމަސް"އިންނެވެ.