ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރަމަޟާން މަހު ހިންގާ އާކް އެއިޑް ޕްރޮގްރާމަށް 100،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
މިހާރު ވެސް އާކް އެއިޑް ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދީންގެ އާއިލާތަކަށް އަންނަނީ އަސާސީ ކާބީތަކެތި ފޯރުކޮށް ދިނިުގެ މަސައްކަތް ކުރަމުންނެވެ.
ބީއެމްއެލްއިން ހަދިޔާކުރި ފައިސާއިން މާލޭ ސިޓީގައި ދިރިއުޅޭ 70 އާއިލާއެއްގެ 150 ކުދިންނަށް ކާބޯތަކެތީގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިދިޔަ އަހަރު ވެސް ބީއެމްއެލް ވަނީ ކޮވިޑް-19ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.
މި ދިޔަ އަހަރުގެ އެ އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 587 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ.
ޓްރަމްޕް ކުރިމަތީގައި ނަތަންޔާހޫގެ ބާރުކެނޑި ބާކީވެއްޖެ
ބޭސް ނުލިބޭ މައްސަލަ ހައްލުވާނެ ކަމަށް ބުނެ އިތުރު މުއްދަތެއް
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ