އުރްފީ ޖާވިދުގެ ތުންފަތުގެ ފިލާ ނުކިއްސަރުވެގެން ރަނގަޅު ކުރުމަށް ޑިޒޯލްވް ޕްރޮސީޖާ ހެދުމުން މުޅި ތުންފަތާއި މޫނު ދުޅަވެއްޖެ އެވެ.
އުރްފީ ވަނީ އޭނާގެ މޫނުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ފޮޓޯގައި ފެންނަނީ އޭނާގެ ތުންފަތާއެކު މުޅި މޫނުވެސް ރަތްވެ ދުޅަވެފައިވާ ތަނެވެ.
އުރްފީ ވަނީ އެ ކަމަކީ ވަރަށް ވޭންއަޅާ ކަމެއްކަމަށް ބުނެފަ އެވެ. އަދި ފިލާ ހެދުމަށް ކޮންމެ ކޮންމެ ޑްކޮޓަރެއް ކައިރިއަށް ނުދިއުމަށްވެސް އޭނާވަނީ ބުނެފަ އެވެ. އުރުފީ ބުނީ މިހާރު ފިލާ ޑިޒޯލްވް ކުރި ނަމަވެސް ފަހުން އަލުން ފިލާ ހަދާނެކަމަށެވެ.
ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ބޮލީވުޑުގެވެސް ބައެއް ފަންނާނުން އަންނަނީ ޕްލާސްޓިކް ސާޖަރީ ހަދަމުންނެވެ. ބައެއް ތަރިން އެކަން ސިއްރުން ކުރި ނަމަވެސް، ބައެއް ތަރިން ފާޅުގައި އެކަމަށް އެއްބަސްވެ އެވެ. އުރްފީ މިކަން ހާމަކޮށް ޕޯސްޓްކުރުމުން ބައެއް ފަރާތްތަކުން ދަނީ އޭނާ އެކަން ސިއްރުނުކޮށް ހާމަކުރީތީ ތައުރީފް ކުރަމުންނެވެ.
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
ހޫނު މޫސުމުގައި ކޮންޑޯ އެއާލައިނުން އަލުން ދަތުރު ފަށަނީ
ފަހު ވަގުތު ހަވާއެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް