ގެދޮރުވެރިޔާ ސްކީމްގެ ދަށުން ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި އަންނަ ހޯމަ ދުވަހު ސޮއިކުރަން ފަށާނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.
އެ ކުންފުނިން މިރޭ ކުރި އިއުލާނެއްގައި ވަނީ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން ކަނޑައެޅުމާ ގުޅިގެން، ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ކަމަށެވެ.
"މި ސަރަހައްދުތައް ކަނޑައެޅުމަށް ފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ އެވެ،" އިއުލާނުގައި ވެ އެވެ.
ފުރަތަމަ ސޮއިކުރާނީ މަސައްކަތް ނިމި ހަވާލުކުރަން ނިންމާފައިވާ ޓަވަރުތަކުން ފްލެޓް ލިބުނު މީހުންނާއެކުއެވެ.
އެގްރިމެންޓުގައި ސޮއިކުރާނެ ދުވަހާއި ގަޑި އެނގޭނީ "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ކަމަށް އެފްޑީސީން ބުންޏެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށް ދާއިރު ގެންދަންޖެހޭ ލިޔުންތައް
1- ފްލެޓު ކުއްޔަށް ހިފާ މީހާގެ އައިޑީކާޑުގެ ދެފުށް ފެންނަ ކޮޕީއެއް.
2- ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ކޮޕީއެއް.
3- ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް.
4- ޒިންމާއަދާކުރާ މީހާ ސޮއި ކޮށްފައިވާ ފޯމުގެ އަސްލު.
5- އެހެނިހެން ގުޅުން ހުރި ލިޔެކިޔުންތައް
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
ބްލޭކްއާއި ޖަސްޓިންގެ ގާނޫނީ ކޯޅުން އެންމެ ފަހުން ނިންމާލައިފި
