އިއްޔެ ބޭއްވި ލޯކަލްކައުންސިލް އިންތިހާބުން މާލޭގެ މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އިއްޔެ ބޭއްވިގެން ދިޔަ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވި ޑރ މުއިއްޒަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
މާލޭގެ ކަންކަން ޙައްލުކުރުމަށް މުޢިއްޒު ބުރަކޮށް މަސައްކަތްކުރައްވާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ޑރ.މުއިއްޒަށް ނަޝީދު ކިބައިން ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރަށް ރައީސް ނަޝީދުވަނީ ކައުންސިލު އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބަށް އެ ޕާޓީއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވިދާޅުވީ މާލެ ފިޔަވައި ގިނަ ކައުންސިލުތަކުގެ އަޣްލަބިއްޔަތު އެމްޑީޕީން ހޯދާފައިވާ ކަމަށެވެ.
މީގެކުރިން އެމްޑީޕީއަށް މާލެ ސިޓީއިން ކާމިޔާބު ލިބިފައިވީނަމަވެސް އިއްޔެ ވަނީ އެމަންޒަރު ބަދަލުވެފަ އެވެ. އެގޮތުން އެމްޑީޕީއަށް ލިބިފައިވާ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. އިއްޔެ ބޭއްވި އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން ވަނީ މާލެއިން ބޮޑު ކާމިޔާބެއް ހޯދާފަ އެވެ.
މާލެ ސިޓީގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވިއިރު، އައްޑޫ ސިޓީ ކައުންސިލުގައި އެ ޕާޓީން ޒަމާނުއްސުރެ ދަމަހައްޓަމުން އައި ބޮޑު އަޣުލަބިއްޔަތުވެސްވަނީ ގެއްލިފަ އެވެ.
ފޯނުގެ "ބްލޫ ލައިޓް" އަކީ އަސްލު ނިދި ހަލާކުކޮށްލާ އެއްޗެއްތަ؟
ހަންޓާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ: އެޗްޕީއޭ
ވޯލްޑް ކަޕް 2026ގެ ރަސްމީ ލަވަ: ޝަކީރާއަށް ހެޓްރިކެއް!