2000ގެ އަހަރުތަކުގައި އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދާފައިވާ ޝިނޭ އަހޫޖާ ނުފެނި 14 އަހަރު ފަހުން އޭނާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.

ކުރިން ބޮލީވުޑުގެ ބައެއް ފިލްމްތައް ކުޅުނު ޝިނޭ އަހޫޖާ އަކީ ރީތިކަމުން ގިނަ ބަޔަކަށް ކަމުދިޔަ ބަތަލެކެވެ. މިހާރު އޭނާގެ އުމުރުން 50 އަހަރުވެފައި ވާއިރު އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް މީހުން ބުނެ އެވެ.

ޝިނޭ އަހޫޖާގެ ހަށިގަނޑު އެހާ ތަފާތީ އޭނާ އަމިއްލަ ހަށިގަނޑަށް ނުބަލާތީ ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޝިނޭ އަހޫޖާގެ މައްޗަށް އޭނާގެ ގޭގައި ގެންގުޅުނު މެއިޑް ރޭޕް ކުރިކަމުގެ ތުހުމަތު ކުރެވުނީ 2009 ވަނަ އަހަރު އެވެ. އެ މައްސަލައިގައި 2011 ވަނަ އަހަރު އޭނާގެ މައްޗަށް ހުކުމެއް ވަނީ އައިސްފަ އެވެ.

އެ މައްސަލައިގައި ގިނަ ބައެއްގެ ނަފްރަތާއި ނުރުހުން އޭނާއަށް އަމާޒުވި އެވެ. އޭގެ ފަހުން ޖަލުން ބެއިލް ލިބުމުން އޭނާގެ ދިރިއުޅުން ފިލިޕީސްސަށް ބަދަލުކުރިކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފަ އެވެ.