ދިރާގުން ސެމްސަންގް ގެލެކްސީ S25 އަލްޓްރާ ފޯނު ގަންނަ ކަސްޓަމަރުންނަށް، ތިން މަސްދުވަހުގެ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.
މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގު ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ހުޅުވައިލައިފައިވާ ފުރުސަތެކެވެ.
މި އޮފާގެ ދަށުން މި ފޯނު ގަންނަ ފުރަތަމަ 30 ކަސްޓަމަރުންނަށް ތިން މަހަށް ހިލޭ ބޭނުންކޮށްލެވޭ ނެޓްފްލިކްސް ސަބްސްކްރިޕްޝަން (ޔޫއެސްއޭ) ކްރެޑިޓް ވައުޗާ ލިބޭނެ އެވެ.
ސެމްސަންގް ގެލެކްސީ S25 އަލްޓްރާ އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ފީޗާތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑިވައިސްއެކެވެ. މި ފޯނުގައި ހަރުކޮށްފައިވާ އެޑްވާންސްޑް ސްނެޕްޑްރެގަން 8 އެލީޓް ފޯ ގެލެކްސީ ޕްރޮސެސަރުގެ ސަބަބުން، އަވަސް ސްޕީޑާއި އާޓިފިޝަލް އިންޓެލިޖެންސްގެ ހިދުމަތްތައް ލިބެއެވެ.
މީގެ އިތުރުން، 6.9 އިންޗީގެ ޑައިނަމިކް އެމޮލެޑް 2އެކްސް ޑިސްޕްލޭއިން ސާފު އަދި ކުލަގަދަ ކުއަޑް އެޗްޑީ+ ވިޝުއަލްސް ފޯރުކޮށްދެ އެވެ. އަދި މި ޑިވައިސްގެ ކެމެރާ ސިސްޓަމުން ޕްރޮފެޝަނަލް ފޮޓޯ އަދި ވީޑިއޯ ނެގޭނެ އެވެ. މި ފޯން އޯޑަރުކުރުން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިރާގު ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރެވޭނެއެވެ.
ފޯނު އޯޑަރުކުރުމުން ފުރަތަމަ 30 ކަސްޓަމަރުންނަށް ނެޓްފްލިކްސް ސަބްސްކްރިޕްޝަން އީމެއިލް މެދުވެރިކޮށް ލިބެއެވެ. ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދެމުންނެވެ.