ކުޑަކުދިންގެ މަގުބޫލު ކާޓޫން ކެރެކްޓާ "އެލްމޯ" ގެ އޮފިޝަލް އެކްސް އެކައުންޓް ހެކްކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕަޕެޓެއް ކަމަށް ލިޔެފި އެވެ.
އެލްމޯގެ އެކައުންޓް ހެކްކޮށްފައިވަނީ އާދިއްތަ ދުވަހު އެވެ. އެކައުންޓް ހެކްކުރި ބަޔަކު ވަނީ އެފަދަ އެކި ޕޯސްޓްކޮށްފަ އެވެ.
ހަ ލައްކައަށް ވުރެ ގިނަ ފޮލޯވަރުން ހިމެނޭ އެލްމޯ އެކައުންޓް ހެކް ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ އެކައުންޓުން ކުރި ޕޯސްޓްތަކަށް ލިބިފަ އެވެ.
ނަމަވެސް މިހާރު އެކައުންޓް އަނބުރާ ހޯދާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ޓީވީ ޕްރޮގްރާމް ސީސޭމް ސްޓްރީޓް އިން ދައްކާ އެލްމޯއަކީ މަޕެޓް ކާޓޫނެކެވެ. އެކި ކަންކަމުގެ މައްޗަށް ވާހަކަދައްކާ މި ކެރެކްޓާއަކީ ވަރަށް ޒަމާންވީ މަގުބޫލު ކެރެކްޓަރ އެކެވެ.
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ކެއުމުގައި ލުނބޯ ހިމަނަންވީ މިހެންވެ!
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި