ސަލްމާން ޚާންއާއި އާމިރު ޚާންއަކީ ބޮލީވުޑްްގެ ފުންނާބު އުސް ދެ ތަރިންނަށްވާއިރު އެ ދެތަރިންގެ މެދުގައި ގިނަ ތަފާތުތަކެއް ހުންނަ ކަމަށް އެތައް ބަޔަކު ފާހަގަކުރެ އެވެ.
އެގޮތުން އެ ދެތަރިންނާއެކު ވެސް މީގެ ކުރިން މަސައްކަތް ކޮށްފައިވާ ސީނިއާ އެކްޓަރު ޕަރޭޝް ރާވަލް މިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެ ދެތަރިންނާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފަ އެވެ.
މަސައްކަތުގައި އާމިރުއާއި ސަލްމާން ގެންގުޅޭ ވައްޓަފާޅިއަށް ތައުރީފު ކުރަމުން ޕަރޭޝް ބުނީ އެ ދެތަރިން މަސައްކަތް ކުރާ ގޮތް ވަރަށް ތަފާތު ކަމަށެވެ.
ޕަރޭޝް ބުނީ ސަލްމާންއަކީ މަސައްކަތް ކުރުމުގައި ވަރަށް އަވަސް މީހެއް ކަމަށާއި މަންޒަރުތަކަށް ތައްޔާރުވާން އޭނާ އެހާ ގިނަ ވަގުތު ނުނަގާ ކަމަށެވެ.
އެހެން ނަމަވެސް އެއާ ޚިލާފަށް އާމިރުއަކީ ވަރަށް ހަމަޖެހިގެން ކަންތައް ކުރާ މީހެއް ކަމަށާއި އެއްވެސް ކަމެއްގައި އަވަސް އަރުވާލައިގެން އޭނާނޫޅޭ ކަމަށް ވެސް ޕަރޭޝް ބުންޏެވެ.
ޕަރޭޝްއަކީ ސަލްމާންއާއި އާމިރު އެކުގައި ފެނުނު ފިލްމެއް ކަމަށްވާ "އަންދާޒް އަޕްނާ އަޕްނާ"ގައި ސަޕޯޓިން ރޯލަކުން ފެނުނު ތަރި އެކެވެ.
ގުޅިފަޅު ކައިރީއޮތް ދޯންޏެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ
ދުނިޔޭގެ އެންމެ ބޮޑު މެރަތަން ހުޅުމާލޭގައި ބާއްވަނީ
ސޯޝަލް މީޑިއާގެ ސަބަބުން އެކުވެރިކަމަށް ބޮޑު އަސަރެއް!