ހުޅުމާލޭގައި މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހުނުކަމުގެ މައްސަލަ މިއަދު 14:15ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 59 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެ މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ، ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ދުއްވި ސައިކަލް މިހާރު ވަނީ ޓޯ ކޮށްފަ އެވެ.
މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ނުބަލައި ބާރު ސްޕީޑްގައި ސައިކަލް ދުއްވާތީ މީގެކުރިން ވެސް މިފަދަ ބައެއް ހާދިސާތައް ހިނގާފައިވެ އެވެ.
ގަލްފާއި ހޮރްމޫޒް އޮތީ އީރާންގެ ކޮންޓްރޯލްގެ ދަށުގައި: އީރާން
ގައުމީ ސަލާމަތަށް ނުރައްކާކުރި 466 މީހުން އީރާނުން ހައްޔަރުކޮށްފި
ޝާހްރުކް ޚާންގެ "ދޭވްދާސް"ގައި ސަލްމާންގެ މަންޒަރެއް!
