ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ހުއްޓާލުމުގައި ރަޝިއާގެ ރައީސް ވްލަދްމީރް ޕުޓިންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީ، ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވިސްނާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޕުޓިން ރަނގަޅުނަމަވެސް އޭގެ ފައިދާ ނުކުރާކަމަށެވެ.
ޕުޓިން ވަރަށް ގިނަ މީހުން މަރަމުންދާކަމަށާއި، އޭގެ ތެރެއިން ގިނަ މީހުންނަކީ ޔޫކްރެއިންގެ އަސްކަރިއްޔާ އަށް ނިސްބަތްވާ މީހުން ކަމަށާއި، މިކަމާ ގުޅިގެން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅޭ ބިލެއް އެގައުމުގެ މަޖިލީހަށް ހުށަހަޅަން ވަރަށް ބޮޑަށް ވިސްނާ ކަމަށް ޓްރަމްޕް ވަނީ ބުނެފަ އެވެ.
ޓްރަމްޕް މިފަދައިން ބުނެފައިވާއިރު، ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވެސް ވަނީ ޔޫރަަޕުން ޔޫކްރެއިން އެކަނި ދޫކޮށްނުލާނެ ކަމަށާއި، އިނގިރޭސިވިލާތާއި ފްރާންސް ގުޅިގެން ޔޫކްރެއިން އަށް އެހީވާނެ ކަމަށް ވިދާޅުވެފަ އެވެ.
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
މިއުޒިކީ ދާއިރާއިން "ބްރޭކް"އެއް ނަގަން އެރިއާނާ ނިންމި ސަބަބު!