ބޮލީވުޑްގެ ކާމިޔާބު ތަރި އާމިރު ޚާންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކަކީ އަބަދުވެސް މީޑިއާގެ ސަމާލުކަން ހޯދާ ވާހަކަތަކެކެވެ. މިހާތަނަށް އޭނާ ދެ ކައިވެންޏެއް ކޮށްފައިވާއިރު ދެވަނަ އަނބި، ކިރަން ރާއޯ ވަރި ކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ.
އޭގެ ފަހުން ގައުރީ ސްޕްރެޓް ނަމަކަށް ކިޔާ މޮޑެލްއަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް މިހާތަނަށް އޭނާއާ ކައިވެނި ކޮށްފައެއް ނުވެ އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި މިހާރު ވެސް އޭނާ އުޅެނީ ކައިވެނި ކޮށްގެން ކަމަށެވެ.
އެގޮތުން އޭނާއާއި ގައުރީގެ ގުޅުން އިންތިހާއަށް ވަރުގަދަ ކަމަށާއި އެ ގުޅުން ރަސްމީ ކުރުން އެއީ އަދި ފަހުން އެމީހުން ނިންމާނެ ނިންމުމެއް ކަމަށް ވެސް އާމިރު ބުންޏެވެ.
ގައުރީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާމިރު ހާމަކޮށްފައިވަނީ އޭނާގެ 60 ވަނަ އުފަންދުވަހުގެ ކުރިން މީޑިއާއާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު އާމިރު އެންމެ ފަހުން ފެނިގެން ދިޔައީ ޖެނީލިއާ ދޭޝްމުކްއާއެކު "ސިތާރޭ ޒަމީން ޕަރް" އިންނެވެ.
އެމެރިކާއާއެކު އަލުން މަޝްވަރާކުރަން އަދި ނުނިންމަން: އީރާން
ޕީޕީއެމް އުވާލި ސަބަބު ސާފުކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނަގަން އިސްލާހެއް