މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައިވާ ދިވެއްސަކު ސަލާމަތްކޮށް އެކަމުގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ތަހުގީގުން ކުރި މަސައްކަތުން އެ މީހާ ހުރިތަން ހޯދައި މިއަދު އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ސ. ފޭދޫ، ސުވާސާގެ، އިބްރާހީމް ސައީދު،48، އެވެ.
ރަހީނުކޮށް އަނިޔާ ކުރި 44 އަހަރުގެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަދުހަމްގެ މަރަން ހައިކޯޓުން ވެސް ތާއީދުކޮށްފި
"އެއާޕޯޓް ނާޅަން ނިންމި ނިންމުން ސަރުކާރުގެ ސިޔާސަތާ ހިލާފު"
ވޭޕް ކުރުމާ ބެހޭގޮތުން ކުރެވޭ ބައެއް ކުށްހީތަކާއި އޭގެ ހަގީގަތް!
