ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އީ-ސިނގިރޭޓް ނުވަތަ ވޭޕްއަކީ އާދައިގެ ސިނގިރޭޓާ އަޅާބަލާއިރު ސިއްހަތަށް ރައްކާތެރި ބަދަލެކެވެ. ނަމަވެސް، ޕުލްމޮނޮލޮޖީ، ކާޑިއޮލޮޖީ އަދި ކެންސަރު ބަލީގެ ހާއްޞަ ޑޮކްޓަރުން ބުނާ ގޮތުގައި މިއީ ހަގީގަތެއް ނޫނެވެ. އާދައިގެ ސިނގިރޭޓަށްވުރެ "ގެއްލުން ކުޑަވުމަކީ" އޭގެއިން "ގެއްލުމެއް ނުވުމެއް" ނޫނެވެ.
އިންޑިއާގެ އެސްޓާ ވައިޓްފީލްޑް ހޮސްޕިޓަލްގެ ހެޑް އެންޑް ނެކް ސާޖަރީ އަދި އޮންކޮލޮޖީގެ އިސް ކޮންސަލްޓަންޓް ޑރ. ނާރާޔަނާ ސުބްރަމާނިއަމް ވަނީ ވޭޕް ކުރުމާ ގުޅޭ ގޮތުން މީހުންގެ މެދުގައި ހުންނަ ބައެއް ކުށްހީތައް ސާފު ކޮށްދީފަ އެވެ.
ވޭޕް ކުރުމާ ގުޅޭ ބޮޑެތި ކުށްހީތައް
ކުށްހީ: ވޭޕްއިން ބޭރުވަނީ ހަމައެކަނި ފެންއާވި.
ހަގީގަތް: ވޭޕް ކުރާއިރު އެތެރެއަށް މި ދަމަނީ ހަމައެކަނި ފެން އާތްވެއް ނޫނެވެ. އެއީ ކެމިކަލްތައް ހޫނު ކޮށްގެން އުފައްދާ އެއިރޮސޯލް އެކެވެ. މީގެ ސަބަބުން ފުއްޕާމޭގެ ނާޒުކު ޓިޝޫތަކަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ބައިނަލްއަގުވާމީ ދިރާސާތަކުން ދައްކާ ގޮތުގައި ވޭޕް ކުރުމުގެ ސަބަބުން ދާއިމީ ގޮތެއްގައި ކެއްސުމާއި، ނޭވާ ކުރުވުމާއި، އެސްތުމާ (ނޭވާހިއްލުން) ބަލި އިތުރަށް ގޯސްވުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.
ކުށްހީ: އެއިން ހިތުގެ ބަލިތަކަކަށް މަގުފަހި ނުވޭ!
ހަގީގަތް: ވޭޕްގައި އެކުލެވޭ ނިކޮޓިންގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ، ހިތުގެ ވޭންދިނުން އަވަސްކޮށްދެ އެވެ. އަދި ލޭހޮޅިތައް ދުޅަވުމަށް މަގުފަހިކޮށްދޭތީ، މުސްތަގުބަލުގައި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެންދެ އެވެ.
ފުރާވަރުގެ ކުދިންނާއި ޒުވާނުންނަށް އޮތް ނުރައްކާ
ޑރ. ނާރާޔަނާ ފާހަގަކުރެއްވި ގޮތުގައި ތަފާތު މީރު ރަހަތަކުގައި ވޭޕް މާކެޓް ކުރާތީ، މިއީ އެއްވެސް ގެއްލުމެއް ނެތް އެއްޗެއްގެ ގޮތުގައި ކުދިންނަށް ސިފަވެ އެވެ. ނަމަވެސް، ޒުވާން އުމުރުގައި ނިކޮޓިންއަށް ހުށަހެޅުމަކީ ސިކުނޑީގެ އާލާވުމަށާއި، ސަމާލުކަން ދިނުމުގެ ގާބިލު ކަމަށް ބޮޑެތި ބުރޫތަކެއް އަރުވާ ކަމެކެވެ.
މީގެ އިތުރުން، ބައެއް މީހުން ސިނގިރޭޓް ބުއިން ހުއްޓާލުމުގެ ބަދަލުގައި ސިނގިރޭޓާއި ވޭޕް އެކުގައި ބޭނުންކުރެ އެވެ. މިއީ ހަށިގަނޑަށް އެތެރެވާ ވިހަ މާއްދާތަކުގެ މިންވަރު ދެގުނައަށް އިތުރުކޮށްދޭ ނުރައްކާތެރި އާދަ އެކެވެ.
މުޅި ދުނިޔޭގައިވެސް މިހާރު ކަންބޮޑުވުން އޮތް ބައްޔެއް ކަމަށްވާ އީވަލި (ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމެއަށް ލިބޭ ބޮޑެތި ގެއްލުންތައް) އަކީވެސް މީގެ ސަބަބުން ކުރިމަތިވާ ނުރައްކަލެކެވެ.
ޑޮކްޓަރުން ލަފާ ދެއްވަނީ ސިނގިރޭޓް ނުވަތަ ނިކޮޓިންގެ އާދައިން ސަލާމަތްވުމަށް ވޭޕަށް ބަރޯސާ ވުމުގެ ބަދަލުގައި، ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން ރައްކާތެރި ފަރުވާތައް ހޯދުމަށެވެ.
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހަރްޝަދު ކައިވެނި ނުކޮށް ހުރި ސަބަބު ބުނެދީފި