ރާއްޖޭގައި ހުރި އިންވެސްޓްމަންޓާ ވިޔަފާރީގެ ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމަށް ކަމަށް ބުނެ ސިންގަޕޫރުގައި ބާއްވާ އަގުބޮޑު "ބިޒްނަސް ފޯރަމް" އަށް ރާއްޖެއިން 200 މީހުން ހިނގައްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން މިއަދު ފެށި މި ފޯރަމްގައި ބައިވެރި މީހުންގެ ތެރޭގައި ގިނައީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި ބޯޑު މެމްބަރުންނެވެ. އަދި އަމިއްލަ މަދު ބައެއް ވިޔަފާރިވެރިން ވެސް ބައިވެރިވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މި ފޯރަމުގައި 200 އަށް ވުރެ ގިނަ އިންވެސްޓަރުން ބައިވެރިވި އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި ރައީސް މުހައްމަދު މުޢިއްޒުގެ ތަސައްވުރުގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ ފަތުރުވެރި ކަމަށް ބަރޯސާވުން ނިމުމަކަށް ގެނެސް އެހެން ސިނާއަތްތަކުން ރާއްޖެ ކުރިއެރުވުމެވެ. އޭގެ ތެރޭގައި އެސްއީޒެޑު، މަސްވެރިކަމާއި، ބަންކަރިން ފަދަ ދާއިރާތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ސިންގަޕޫރުގައި ފަށާފައިވާ "މޯލްޑިވްސް - ސިންގަޕޫރު" ބިޒްނަސް ފޯރަމްއަކީ ދެ ޤައުމުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އެކަމަށްވެސް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ.
މި ފޯރަމްގައި ރައީސް މުއިއްޒުއާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި ފޯރަމްގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ސިންގަޕޫރުގެ ސަސްޓެއިނިބިލިޓީ އެންޑް ދަ އެންވަޔަރަމަންޓް މިނިސްޓަރު ގްރޭސް ފު ހައި ޔެއިން ބައިވެރިވެވަޑައިގެން ވާހަކަދެއްކެވި އެވެ.
މި ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ ވިޔަފާރިވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެއެވެ. މިފަހަރުގެ ފޯރަމްގައިވެސް ވަނީ ރާއްޖޭގައި ހުރި އިންވެސްޓް ކުރުމުގެ ފުރުޞަތުތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ކިޔާދޭނެއެވެ. ޚާއްސަގޮތެއްގައި ސަރުކާރުން ރާއްޖޭގައި އެކި ދާއިރާތަކުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫޢޫތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.
އިންވެސްޓްމަންޓުގެ މުހިންމު ދާއިރާތަކުގެ ތެރޭގައި:
- ރަސްމާލެ ތަރައްގީ ކުރުން
 - ގުޅީފަޅު މަޝްރޫއު
 - ލ. ޕޯޓް އަދި ބަންކަރިން މަޝްރޫއު
 - މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން
 - ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް
 - ދުނިޔޭގެ ފެންވަރުގެ ތީމް ޕާކެއް ތަރައްގީކުރުމުގެ މަޝްރޫއު
 - އުލިގަމުގައި ތަރައްގީކުރާ ޔޮޓް މެރީނާ މަޝްރޫއު
 - ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު
 - ފާމިސޫޓިކަލް މެނުފެކްޗަރަލް ފެސިލިޓީ ތަރައްގީކުރުން
 - ކެންސަރު ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު
 - ސިއްހީ ނިޒާމް ޑިޖިޓަލް ކުރުމުގެ މަޝްރޫއު އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް
 - މަތީ ތައުލީމަށް ޚާއްސަ އެކި މަޝްރޫއުތައް
 
ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ވަނީ ރައްޖެއާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެކިފަރާތްތަކަށް ވަނީ ހަނދާނީ ފިލާދީފަ އެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ.
ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުޞަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ހިއްސާ ކުރުމަށް އެކި ގައުމުތަކުގައި އަންނަނީ ބިޒްނަސް ފޯރަމްތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް ޗައިނާ، ޔޫއޭއީ، މެލޭޝިޔާ، އިންޑިއާގައި ވެސް ފޯރަމް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އެއިން އެއްވެސް ފޯރަމަކުން ހާސިލްވި ނަތީޖާއެއް ފެންނާކަށް ނެތެވެ.
			ކޮޅުވެއްޓި ހާދިސާގައި އަނިޔާވި ދިވެއްސެއްގެ ހާލު ވެސް ސީރިއަސް
		
			ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
		
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި