ފެންވަރު ރަނގަޅު ފިލްމަކަށް ވަނީ ކޮން ކޮން ކަމަކުން ހެއްޔެވެ؟ ފިލްމުގެ ވާހަކައާއި ޓެކްނިކަލް ކަންކަމުގެ އިތުރުން މޮޅު އެކްޓިންގެ ސަަބަބުން ހެއްޔެވެ؟ ނުވަތަ ޖުމްލަ ގޮތެއްއެ ފިލްމަކުން ބެލުންތެރިންގެ މުނިފޫހި ފިލުވައިދޭ ގޮތުން ހެއްޔެވެ؟
މިހާރު ސިނަމާތަކުގައި އަޅުވާފައިވާ ބްރެޑް ޕިޓްގެ ފިލްމު "އެފް1" އަކީ މި ދެންނެވި ކަންކަން އެކުވެ ހެދިފައިވާ "މަސްހުންޏެއް" ކަމުގައި ބުނެވިދާނެ އެވެ.
ބޮޑު ސްކްރީނުގައި އެފް 1 ބަލާލުމަކީ ކުރެވޭނެ ތަފާތު ތަޖުރިބާއަކަށްވާއިރު އެއީ "ޓޮޕް ގަން" އަދި "ރަޝް" ފަދަ ކާމިޔާބު ފިލްމުތަކުގެ މަތިން ހަނދާން އާކޮށްދޭ ފިލްމެކެވެ.
އަނެއްކޮޅުން މުޅި ފިލްމަކީ ވެސް ދެން ވާން އުޅޭ ގޮތް ފަސޭހައިން ނަގައިގަނެވޭ ހޮލީވުޑްގެ އާއްމު "ސްޓައިލް"ގެ ފިލްމެއްކަން ވެސް ފާހަގަ ކުރެވެ އެވެ.
މި ހުރިހާ ކަމަކާއެކު ވެސް އެފް1 އަކީ ފޫހިނުވެ ބަލާ ހިތުން އިނދެ ބަލާލެވޭނެ މޮޅު ފިލްމެކެވެ. އެ ފިލްމަކީ ފިލްމަކަށްވުރެ ތަޖުރިބާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
އެހެން ކަމުން މިފަހަރު ވެސް ބްރެޑް އޭނާގެ ބެލުންތެރިން މާޔޫސް ކޮށްފައިނުވާ ކަމަށް ބުނެވިދާނެ އެވެ. އެފް1އަކީ ފައިސާގެ އަގު ލިބޭ ފިލްމެއް ކަމުގައި ނިންމިދާނެ އެވެ.
ޖުމްލަ ގޮތެއްގައި ބްރެޑްގެ "އެފް1" އަށް އަހަރުމެން ދޭން އޮތީ ތިން ތަރީގެ ރިވިއު އެކެވެ. މިއީ އާއިލާއާއި އެކުވެރިން އެކުގައި ބަލާލަން މަޖާ ފިލްމެކެވެ.