ރާއްޖެއިން އަޔަލެންޑާއި ޔޫކްރޭނަށް ކަނޑައަޅާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
މިގޮތުން އަޔަލެންޑަށް ކަނޑައަޅާ ސަފީރަކަށް އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް ވަނީ ކަނޑައަޅުުއްވާފަ އެވެ. ޔޫކްރޭނަށް ކަނޑައަޅާ ސަފީރަކަށް ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ސަފީރު ގީލާ އަލީގެ ނަން ހުށަހެޅުނެވެ.
މި ދެ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހެޅުނީ މި މަހުގެ 2 ވަނަ ދުވަހު އެވެ. އަދި މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުން އިއްތިފާގުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދެއްވާފަ އެވެ.
ގާނޫނީ ގޮތުން ބަލާއިރު، އެކި ގައުމުތަކަށް ސަފީރުން ކަނޑައަޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ.
ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަންކުރެވެނީ މިހާރުވެސް ސަފީރުކަމުގައި ތިއްބެވި ބޭފުޅުންނެވެ.
ދިވްޔާ މަރުވިއިރު ނުނިމި އޮތް ފިލްމުތަކަށް ވީ ކިހިނެއް؟
2.4 ބިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ގެއްލުމެއް ނުވާނެ
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
