1. މޭކަޕް އަދި ސްޓައިލިންއަށް ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟
ޖަވާބު: ވަރަށް ކުޑައިރުން ފެށިގެން މޭކަޕް ކުރަން ވަރަށް ޝައުގުވެރިވޭ. އެކަމަކު ހެއާ ސްޓައިލިންއަށް ޝައުގުވެރިކަން އުފެދުނީ ކޮލެބޮރޭޝަން ޝޫޓް ކުރަން ފެށި ފަހުން.
2. މޭކަޕް ކުރަން ދަސްކުރީ ކިހިނެއް؟
ޖަވާބު: އަމިއްލަ މޭކަޕް ކުރަމުން ގޮސް ދަސްވީ. ދެން ބައެއް ޓިޕްސް ދަސްކުރީ ޔޫޓިއުބް ވީޑިއޯތައް ބަލައިގެން. ފަހުން ފަސް ދުވަހުގެ ކުރު ބްރައިޑަލް މޭކަޕް ކޯހެއް ހެދިން ލަންކާއިން،
3. މިހާރު ދެނީ ކޮން ކަަހަލަ ޚިދުމަތްތަކެއް؟
ޖަވާބު: ބްރައިޑަލް މޭކަޕް، ހެއާ ސްޓައިލިން އަދި ހިޖާބް ސްޓައިލިންގެ އިތުރުން ގްރޫމް ޓަޗް އަޕް. އަދި ތަފާތު ހަފްލާތަކަށް ވެސް މޭކަޕް، ހެއާ އަދި ހިޖާބް ސްޓައިލް ކޮށްދެން.
4. އެންމެ ފަހުގެ މޭކަޕް ޓްރެންޑްތަކަކީ ކޮބާ؟
ޖަވާބު: ޑާކް ޗެރީ ލިޕްސް ނޫނީ ޗެރީ މޭކަޕް. ސެއިންްޓް ސްކިން އަދި ގްލިޓާ ރިވައިވަލް މޭކަޕް. މި ނޫންވެސް ބައިވަރު.
5. އެންމެ ކަމުދާ ކޮސްމެޓިކް ބްރޭންޑަކީ ކޮބާ؟
ޖަވާބު: ކަމުދާ ވަރަށް ބައިވަރު ބްރޭންޑްތައް އެބަހުރި. އޭގެ ތެރެއިން އެންމެ ގިނައިން ބޭނުން ކުރެވެނީ ހުދާ ބިއުޓީ. މި ބްރޭންޑްގެ އުފެއްދުންތަކަކީ ގިނަ ކަސްޓަމަރުންގެ ހަމާ ގުޅޭ އުފެއްދުންތަކެއް.
6. އެންމެ ކުރާހިތްވަނީ ކޮންކަހަލަ މޭކަޕް އެއް؟
ޖަވާބު: ހުރިހާ ވައްތަރެއްގެ ވެސް މޭކަޕްކުރާ ހިތްވޭ. އޭގެ ތެރެއިން ފާހަގަ ކޮށްލަން ބްރައިޑަލް މޭކަޕް އަދި ތަންކޮޅެއް ތަފާތު ކްރިއޭޓިވް ލުކްސް.
7. ކަސްޓަމަރުންނަށް ހިދުމަތް ދޭއިރު އެންމެ ސަމާލުކަންދޭ ކަމަކީ ކޮބާ؟
ޖަވާބު: އެންމެ ބޮޑު ސަމާލުކަމެއް ދެނީ އެ ކަސްޓަމަރަކު ބޭނުންވާ ގޮތަށް ފައިނަލް ލުކް ގެނެސްދެވޭތޯ.
8. މިހާތަނަށް ކުރެވުނު ފާހަގަކޮށްލެވޭ މަސައްކަތެއް އެބަ އޮތްތަ؟
ޖަވާބު: ކޮލެބޮރޭޝަން ގިނަ ޝޫޓްތަކަށް ކޮށްދީފަ ހުންނަ މޭކަޕްތަކަކީ އަސްލު ވަރަށް ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް.
9. މަސައްކަތުގައި ލިބޭ އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟
ޖަވާބު: އެންމެ ބޮޑު ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން ލިބޭ ޕޮޒިޓިވް ފީޑްބެކް. އެއީ މި ދާއިރާއިން ކުރިއަށް ދާން ލިބޭ އެންމެ ބޮޑު ހިތްވަރު.
10. މަސައްކަތުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟
ޖަވާބު: މޭކަޕް ކުރަން ބޭނުންވާ ގިނަ ބްރޭންޑްތަކުގެ އުފެއްދުންތައް ރާއްޖެއިން ލިބެން ނެތުން. ގިނަ އެއްޗެހި ގެންނަން ޖެހެނީ ރާއްޖެއިން ބޭރުން. އެއީ ވަރަށް އުނދަގޫ ކަމެއް.