ހޮލީވުޑްގެ ގިނަ ފިލްމުތަކުން ފުރުސަތު ލިބުނު ކަމަށާއި އެހެން ނަމަވެސް އެފިލްމުތަކަށް ނޫނެކޭ ބުނެފައިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރު ބުނެފި އެވެ.
އަނިލް ބުނީ ހޮލީވުޑްގެ ބޮޑެތި ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށާއި އެހެން ނަމަވެސް އެފުރުސަތު ދޫކޮށްލަން ޖެހުނީ ކުޅެން ޖެހޭ މަންޒަރެއްގެ ވާނުވާ ނޭނގިގެން ކަމަށެވެ.
"އެފިލްމުގެ ނަން ހާމަކުރާކަން ބޭނުމެއް ނޫން. އެމަންޒަރުގެ ލޮޖިކެއް ހަމަ ނުވިސްނުނު. ދެ ދުވަހު ތެރޭގައި ޝޫޓިން ކުރަން ޖެހިފައިވަނީ، ވާނުވާ ނޭނގޭތީ އެފިލްމު އެންމެފަހުން ދޫކޮށްލީ" ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ.
އަނިލް އަކީ ކުރިން ވެސް ހޮލީވުޑްގެ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި 2008 އަހަރުގެ "ސްލަމްޑޯގް މިލިއަނާ" އާއި ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ގެ އިތުރުން 2011 ގެ "ގޯސްޓް ޕްރޮޓޮކޯލް" އެވެ. އަދި މީގެއިތުރުން ފޮކްސްގެ ސިލްސިލާ "24" ގައިވެސް އަނިލް ކަޕޫރު ފެނިގެންދެ އެވެ.
އަނިލްގެ މި ވާހަކަތަކާ އެކު ފޭނުން ވަނީ އެއީ "ޖޭމްސް ބޮންޑް" ގެ ފިލްމަކުން ނުވަތަ ސުޕަހީރޯ ފިލްމުތައް ގެނެސްދޭ ކުންފުނި މާވެލް ސްޓޫޑިއޯސްގެ ފިލްމެއްގެ ވާހަކަ އަށް ވުން ވަރަށް ގާތް ކަމަށް ބުނެފަ އެވެ.
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!