ވަގަށް ސިނގިރޭޓް އެތެރެކުރުމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ޖޫރިމަނާކޮށްފި އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި މެންބަރު ފަޒީލް ޖޫރިމަނާކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރިކަން ފަޅާއެރުމުންނެވެ.
އެނގިފައިވާގޮތުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ފަޒީލް އެތެރެކުރީ ފަސް ކާޓޫނު ސިނގިރެޓެވެ. އޭނާ ޖޫރިމަނާކުރީ ކިހާ އަދަދެއްގެ ފައިސާއަކުން ކަމެއް އަދި ސާފެއްނުވެ އެވެ.
މިކަމާ ގުޅޭގޮތުން ކަސްޓަމްސް އިން ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.
ދާދިފަހުން ވަނީ ޕީއެންސީއަށް ނިސްބަތްވާ މާލޭ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރަކު ވެސް ވަގަށް ސިނގިރޭޓް އެތެރެކުރިކަން ފަޅާއަރައިފަ އެވެ. އެއީ މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރު ފާތިމަތު އިޝާން އަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމު އެވެ.
އެކަން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ސިއްރުކޮށްފަ އެވެ.
ރައީސް އޮފީހުގެ ނިއުސް ކޮންފަރެންސްތަކަށް އަދަދު ވަނުން މަނާ!
އީރާނަށް ހަމަލާ ދީފިނަމަ ރަނގަޅު ފިލާވަޅެއް ދޭނަން: ގާލީބާފް
މައުލޫމާތުގެ ސައްހަކަމާއި އިތުބާރު ދަމަހައްޓަންޖެހޭ: ޝަރީފް

މީގާނޫނު ހަދާ މީހުންނޯ