އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އިހުތިޖާޖަށް ފަހު، މަޖިލީހުގެ ދެ ކޮމިޓީއަކުން އެ ޕާޓީއަށް އިތުރު ދެ ޖާގަ ދީފި އެވެ.
މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގައި ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށްގެން އިދިކޮޅު ޕާޓީ އެކަހެރިކުރާ ކަމަށް ބުނެ އެމްޑީޕީން ކުރި އިހުތިޖާޖާ ގުޅިގެން، މިހާރު ވަނީ ލާމަރުކަޒީ ކޮމިޓީ އާއި އެންވަޔަރަމަންޓް ކޮމިޓީން އެ ޕާޓީއަށް ޖާގަ ދީފަ އެވެ. މި ދެ ކޮމިޓީއަށް އެމްޑީޕީގެ ފަރާތުން ހަމަޖެއްސެވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ތަޅުން ހޫނުވީ، ޕީއެންސީން ދޭ މިންވަރަކުން ކޮމިޓީތަކުގައި އިދިކޮޅު މެންބަރުން ތިބެންޖެހޭނެ ކަމަށް ބުނެ ވެރިކަންކުރާ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އެ ދުވަހުގެ އިހުތިޖާޖުގައި އެމްޑީޕީގެ 9 މެންބަރަކު ތަޅުމުން ނެރުނުއިރު، އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ ޕީއެންސީން ގަސްތުގައި އެމްޑީޕީއަށް ދޭން އުޅުނީ މަސައްކަތް އެންމެ މަދު ކޮމިޓީތައް ކަމަށްވާ ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒު ކޮމިޓީ ކަމަށެވެ. މައިނޯރިޓީއަށް ފުރުސަތު ދިނުމަކުން މެޖޯރިޓީ ޕާޓީއަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށް ނާޒިލް ވިދާޅުވި ނަމަވެސް، 20 ވަނަ މަޖިލީހުގެ ތެރެއިން އިދިކޮޅުން ހުށަހަޅާ އިޖުތިމާއީ ބޮޑެތި މައްސަލަތަކުގެ ގަރާރުތައްވެސް ބަހުސަކާ ނުލައި ޕީއެންސީން ދަނީ ބޭރުކުރަމުންނެވެ.
ހަރްޝަދު ކައިވެނި ނުކޮށް ހުރި ސަބަބު ބުނެދީފި
ެއެމެރިކާ އާއި އީރާނުގެ ފަންނީ މަޝްވަރާތައް ދޯހާގައި ފަށައިފި
ފްރާންސް ގަދަ 16އަށް، ދެ ލަނޑާއެކު އެމްބާޕޭއަށް އިތުރު ރެކޯޑެއް