މިއަދު ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ކ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.
އެ އޮފީހުން މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:15 އިން މެންދުރުފަހު 3:00 އާއި ހަމަ އަށެވެ.
މިގޮތުން އެއިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.
މީގެ އިތުރުންވެސް ވިލާގަނޑުގައި މިއަދު ކަނޑުތައް ގަދަވާނެ ކަމަށާއި އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ޑާކްރެއިންގެ އީދު ހަދިޔާ: "އަލްވަދާއު" ވީޑިއޯ ކްލަބަށް!
ބާ ކައުންސިލުން ނޫސްވެރިންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދެނީ
ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ޔޫއޭއީއަށް ސިއްރު ދަތުރެއް