ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި އޮންނަ ރާއްޖޭގެ އެންމެ އަގު ބޮޑު ޕްރައިވެޓް އައިލެންޑްގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ޓެސްޓަށް ދުއްވާލެވޭ ގޮތަށް 'ފެރާރީ ޓެސްޓާ ރޯސާ ޓީ'އެއް ގެނެސްފި އެވެ.
މިއީ އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން އަންނަ މަހުޖަނުންނަށް ތަފާތު އަދި މަތީ ފަންތީގެ ތަޖުރިބާއެއް ހޯދައިދިނުމުގެ ގޮތުން އިތާފުށިން ގެނައި އެއްޗެކެވެ. ދުނިޔޭގައި ވެސް އުފައްދާފައި ވަނީ މިބާވަތުގެ 299 ކާރެވެ.
މި ކާރުގެ ސައިޒު އަސްލު ކާރަށް ވުރެ ކުޑައެވެ. މިއީ އަސްލު ކާރުގެ 75 ޕަސެންޓް ނަކަލެކެވެ. މިބާވަތުގެ ކާރުގެ އަގަކީ ގާތްގަނޑަކަށް 180،000 ޑޮލަރު (2.78 މިލިއަން ރުފިޔާ) އެވެ. އެ ކާރު އިތާފުށި ޕްރައިވެޓް އައިލެންޑްގައި ބާއްވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެ ކާރު އެތަނުގައި އޮންނަ މުއްދަތުގައި އޭގެ ކާރެއް ގަންނަން އޯޑަކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު "ޚާން"އަކީ ކާކު؟
އިންސާނާގެ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟
ޒެލެންސްކީއާ ބައްދަލުކުރާނީ ސުލްހައަށް އެއްބަސްވުމުން: ޕޫޓިން
