މަޝްހޫރު މޮޑެލް އަދި އިންފްލުއެންސަރު ކައިލީ ޖެނާ އޭނާގެ ބައިވެރިޔާ ޓިމޮތީ ޗަލަމެޓްއާއެކު އާއިލާއެއް ފަށަން ބޭނުންވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ކައިލީއާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ކައިލީ އަންނަނީ ޓިމޮތީއާ ކައިވެނިކޮށް އާއިލާއެއް ފެށުމުގެ ހުވަފެންތައް ދެކެމުންނެވެ.
ކައިލީއާއި ޓިމޮތީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ދެމީހުން އެކުގައި ދިރިއުޅުމެއް ފަށާފާނެ ކަމުގެ އިޝާރާތްތައް އެކި ފަހަރު މަތިން ދީފައިވެ އެވެ.
އެގޮތުން ޓިމޮތީއާއި ކައިލީގެ ދަރިންނާ ދެމެދު އޮންނަ ގުޅުން ވަރަށް ވަރުގަދަ ކަމަށާއި އެ ގުޅުން ފެނި އެ ދެމީހުން އެކުގައި ދަރިއަކު ހޯދުމުގެ ވިސްނުން ވެސް ކައިލީ ގެންގުޅޭ ކަމަށް ބުނެވެ އެވެ.
މިރިޕޯޓުތައް އައިސްފައި މިވަނީ ކައިލީއާއި ޓިމޮތީ އެކުގައި ދިރިއުޅެމުން އަންނަ ކަމަށް މީޑިއާގައި ހަބަރު ފެތުރުނުތާ ދުވަސްކޮޅެއް ފަހުންނެވެ.
ފަހަކަށް އައިސް އެ ދެމީހުން އެކުގައި އާއްމު ތަންތަނުން ފެނުން ގިނަވެފައިވާއިރު އެ ދެމީހުންގެ ގުޅުން ވަރަށް ސީރިއަސް ހަރުފަތަކަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
އެ އުޅެނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވާން: އިމްރާން