ހޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "ޖުރާސިކް ވޯލްޑް"ގެ އަށްވަނަ ފިލްމު "ޖުރާސިކް ވޯލްޑް ރީބާތު"ގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ރިލީޒް ކުރެވުނު އެ ޓްރެއިލާގައި އެ ފްރެންޗައިޒްގެ އެހެން ފިލްމުތަކެކޭ ވެސް އެއްފަދައިން ޝައުގުވެރި އެތައް ކަމެއް ފެނިގެންދިޔަ އެވެ.

"ޖުރާސިކް ވޯލްޑް ރީބާތު"ގައި ދައްކައިދެނީ 2022 ވަނަ އަހަރު ރިލީޒް ކުރެވުނު "ޖުރާސިކް ޕާކް ޑޮމިނިއަން"ގައި ހިނގި ހާދިސާތަކުގެ ފަސް އަހަރު ފަހުން ހިނގާ ކަންތައްތަކެކެވެ.

https://www.youtube.com/watch?reload=9&v=6m1eOoUoVao

އެގޮތުން އެ ޓްރެއިލާގައި ސައިންސްވެރިންގެ ޓީމެއް ފަޅުވެފައިވާ ރަށަކަށް ގޮސް ނުރައްކާތެރި ޑައިނަސޯތަކަކާ ކުރިމަތިލާ މަންޒަރު ދައްކުވައިދެ އެވެ.

މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ސްކާލެޓް ޖޮހާންސަން، ޖޮނަތަން ބެއިލީ އަދި މަހެރްޝަލާ އަލީ ހިމެނެ އެވެ.

1997 ވަނަ އަހަރު ފެށި ޖުރާސިކް ޕާކް ފްރެންޗައިޒްގެ ފިލްމުތަކަކީ އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި ވެސް މަގުބޫލު ފިލްމުތަކެކެވެ.